މިދުވަސްކޮޅު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން، ބައެއް ސަރަޙައްދުތަކަށް ވައިޓް އެލާރޓް ނެރެފިއެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވައިޓް އެލާރޓް ނެރެފައިވަނީ ނ. އަތޮޅުން ފެށިވެން ވ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި މިސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ.
ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު މެންދުރު 13:30 އިން އިރުއޮއްސި 18:30 އާއި ހަމައަށެވެ.