ދޯންޏަކަށް ހޮނުއެޅުމުން 2 މީހަކަށް އަނިޔާވެ ދޯންޏަށް ގެއްލުން ލިބިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ދޯންޏަކަށް ހޮނުއެޅުމުން 2 މީހަކަށް އަނިޔާވެ ދޯންޏަށް ގެއްލުން ލިބިއްޖެ

13 މީހަކާއެކު ދަތުރުކުރަމުންދިއަ މަސްދޯންޏަކަށް ރޭ ހޮނުއެޅުމުން 2 މީހަކަށް އަނިޔާވެ ދޯންޏަށް ގެއްލުން ލިބިފައިވާ ކަމަށް ފުލހުން ބުނެފިއެވެ.

މިކާރިސާގައި އެކިވަރުގެ އަނިޔާ ލިބިފައިވާ ދެމީހުންނަށް ކޮލަމާފުށި ސިއްހީ މަރުކަޒުން ފަރުވާ ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ގއ. އަތޮޅުގައި ރިސޯޓް ހަދަމުންދާ ރަށެއް ކަމަށްވާ މާރަންދޫ ކައިރިން މިކާރިސާ ހިނގިކަމުގެ މައުލޫމާތު ލިބުމުން ކޮލަމާފުށީ ދޯންޏެއްގައި ފުލުހުން އެ ސަރަހައްދަށް ގޮސް އެ ދޯނި ކަފުޖަހައިގެން ރޭ ދަންވަރު، 3:05 ހާއިރު ކޮލަމާފުށީ ބަނދަރަށް ވައްދާފައިވާ ކަމަށެވެ. އަދި މި ހާދިސަގައި ހޮނުއެޅި ދޯނީގެ ވީލްހައުސް އާއި ކަރަންޓު ސާމާނަށް ވަނީ ގެއްލުން ލިބިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މިއަދު އޮންލައިން