ނަބިއްޔާއަކަށްވެސް، އަދި އީމާންވި މީހުންނަކަށްވެސް މުޝްރިކުންނަށްޓަކައި ފާފަފުއްސެވުންއެދި ދުޢާ ކުރެއްވުމެއް ނެތެވެ!: ޤުރްއާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ނަބިއްޔާއަކަށްވެސް، އަދި އީމާންވި  މީހުންނަކަށްވެސް މުޝްރިކުންނަށްޓަކައި ފާފަފުއްސެވުންއެދި ދުޢާ ކުރެއްވުމެއް ނެތެވެ!: ޤުރްއާން

"ނަބިއްޔާއަކަށްވެސް، އަދި އީމާންވި ވި މީހުންނަކަށްވެސް މުޝްރިކުންނަށްޓަކައި ފާފަފުއްސެވުންއެދި ދުޢާ ކުރެއްވުމެއް ނެތެވެ. އެއުރެންނީ ގާތްތިމާގެ މީހުންކަމުގައި ވީނަމަވެހެވެ. ހަމަކަށަވަރުން، އެއުރެންނީ ނަރަކައިގެ އަހްލުވެރިންކަން އެއުރެންނަށް ފާޅުވެ އެނގުމަށްފަހުގައެވެ." (ތައުބާ: 113)

ރަސޫލް (ޞޢވ) ގެ ބޮޑުބޭބޭފުޅު އަބޫޠާލިބްގެފާނު އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނަވަނިކޮށް ކާބަފައިންގެ ދީން ދޫކުރައްވައި ﷲ ތައާލާގެ އެއްކައުވަންތަކަން ޤަބޫލުފުޚުރައްވައި ޝަހާދަތް ވިދާޅުވުމަށް ރަސޫލް (ޞޢވ) ތަކުރާރުކޮށް ޙަދީޘްފުޅުކުރެއްވެވިއެވެ. ނަމަވެސް އަބޫޖަހުލު އެކަމަސް ހުރަސް އެޅުމުން އަބޫޠާލިބް އިޚްތިޔާރު ކުރެއްވީ ކާބަފައިންގެ ދީންމަތީގައި އަވަހާރަވުމަށެވެ.

އަބޫޠާލިބްގެފާނަކީ ރަސޫލް (ޞޢވ) އަށް ހަމައެކަނި ބެލެނިވެރިއެއް ނޫނެވެ. ރަސުލް (ޞޢވ) އަށް މުޝްރިކުން ކުރިމަތިކުރި މުޞީބާތްތަކުން ސަލާމަތްކޮށްދެއްވަވައި ޙިމާޔަތްކޮށްދެއްވަވަމުން ގެންދެވި ބޭކަލެކެވެ. އެހެންކަމުން އަބޫޠާލިބްގެފާނުގެ ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދިވަޑައިގެން ރަސޫލް (ޞޢވ) ގެންދެވީ ދުޢާ ކުރައްވަވަމުންނެވެ. މިއާޔަތް ބާވައިލެއްވެވީ އެ ސަބަބަށްޓަކައެވެ.

މިއީ މިއަދު މުރުތައްދުވެ ﷲ ތަޢާލާއަށް ޝަރީކުކުރާ މީހުންވެސް ބިރުވެތިވާން ޖެހޭނެ ކަމެކެވެ. އެމީހުން އެގޮތުގައި މަރުވެއްޖެ ނަމަވެސް އެމީހުންގެ މައްޗަށް ހެޔޮ ދުޢާކުރުމެއް ނެތްކަން މިއާޔަތުން އެނގިގެންދެއެވެ. ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ ނުކުރަން ކީރިތި ޤުރްއާންގައި ބަޔާން ކުރައްވަވާފައިވާ ކަންކަން އެއްވެސް މުސްލިމަކު ކޮށްގެން ނުވާނެ ކަމަށެވެ.

 

މިއަދު އޮންލައިން