"އެއުރެންގެ ތެރެއިން މަރުވި އެއްވެސް މީހެއްގެ މައްޗަށް ކަލޭގެފާނު ދުވަހަކުވެސް ކަށުނަމާދު ނުކުރައްވާށެވެ! އަދި އެމީހެއްގެ މަހާނަދޮށުގައިވެސް ކަލޭގެފާނު ހުއްޓިވަޑައިގެން ނުހުންނަވާށެވެ! ހަމަކަށަވަރުން، އެއުރެން ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ކާފިރު ވޫއެވެ. އަދި އެއުރެން މަރުވީ، ފާސިޤުން ކަމުގައިވާ ޙާލު ގައެވެ." (ތައުބާ: 84)
ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ކާފިރުވެ އަދި ފާސިޤުން ކަމުގައިވާ ޙާލު މަރުވި މީހުންގެ މަހާނަދަށުގައި ހުއްޓި ހުރުން ވެސް ﷲ ތައާލާ މިވަނީ މަނާ ކުރައްވަވައިފައެވެ. އެކަން ނުކުރުމަށް އަމުރުފުޅު ކުރައްވަވައިފައެވެ.
މިއީ ޚާއްޞަކޮށް ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނާއި ބޭރު ޤައުމުތަކަށް ޒިޔާރަތްކުރާ ދިވެހިން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމެކެވެ. ނުއެނގި ތިބެ ނަމަވެސް މިފަދަ ކަންކަން ބައެއެ މީހުންނަށް އެބަ ކުރެވެއެވެ. ކާފިރުންގެ ޖަނާޒާތަކުގައިވެސް އެބަ ބައިވެރިވެއެވެ.