މިއަދު ހެނދުނު ވެހުނު ވާރޭ ފޮދާއިއެކު މާލޭގެ ގިނަ މަގުތަކެއްގައި އަދިވެސް ވަނީ ފެން ބޮޑުވެފައެވެ. ޚާއްޞަކޮށް އަމީނީ މަގާއި ގުޅިފައިވާ މާފަންނުގެ ސަރަހައްދުތަކުގައި ފެންގަނޑު ބޮޑުކަން ފާހަގަކުރެވެއެވެ.
ޢާންމު އުޞޫލާއި އެއްގޮތަށް ސިފައިންގެ ބޭކަލުން ގެންދަވަނީ މަގުތަކުން ފެންހިންދުމުގެ މަސައްކަތްކުރައްވަމުންނެވެ.
މާލެއިން ކުނި ހޮވަން ނުކުންނަ ފަދައިން ރައްޔިތުން ނުކުމެ ހުރިހާ ކާނުތަކެއް އެއް ދުވަހާ ސާފުކޮށްގެންނާއި ކޮންމެވެސް ފަރާތެއްގެ ދީލަތި އެހީތެރިކަމުން ޕަމްޕް ސްޓޭޝަންތައް މަސައްކަތްކުރާނެ ގޮތް ހަދައިދީގެން ނޫނީ މައްސަލައަށް ޙައްލެއް އޮތް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.