އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ 13 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ 13 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ 13 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ.

ރޭ ކަޅުތުއްކަލާކޮށި ހެވިކަމުގެ މައިދާނުގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ޙަފުލާ ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. އަދި މި ހަފުލާގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ ސްޕެޝަލް ފޯސަސްގެ ސިފައިންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މި ހަފުލާގައި އެމަނިކުފާނު ވަނީ ސްޕެޝަލް ފޯސަސްގެ ލަވަ އިފްތިތާޙްކޮށްދެއްވާފައެވެ. މީގެ އިތުރުން ސްޕެޝަލް ފޯސަސްއަށް 13 އަހަރު ފުރުމުގެ މުނާސަބަތުގައި ކޭކެއް ވަނީ ފަޅާފައެވެ.

މި ހަފުލާގައި ވޭތުވެދިޔަ އަހަރު ސްޕެޝަލް ފޯސަސްގައި އެންމެ ރަނގަޅަށް މަސައްކަތްކުރި ސިފައިންނާއި އެންމެ ފިޓު ސޯލްޖަރަކަށް ހޮވުނު ފަރާތްތަކަށް ހަނދާނީ ފިލަ އާއި ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ.

ރޭ ބޭއްވި ހަފުލާގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފާއި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންނާއި ޔުނިޓްތަކުގެ ކޮމާންޑަރުންނާއި ސްޕެޝަލް ފޯސަސްގައި މަސައްކަތްކުރައްވާ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ސިފައިންގެ އިތުރުން ޢާއިލާތަކުގެ މެމްބަރު ބައިވެރިވެފައިވެއެވެ.

 

މިއަދު އޮންލައިން