ރައީސް ނަޝީދުގެ ވާހަކަފުޅުން އިންޑިއާއަށް ބޮޑު ބަދުނާމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ރައީސް ނަޝީދުގެ ވާހަކަފުޅުން އިންޑިއާއަށް ބޮޑު ބަދުނާމެއް!

ރާއްޖޭގެ ދާޚިލީ އެއްވެސް ކަމަކާއި ނުބެހޭނެ ކަމަށް އިންޑިއާއިން ބުނަމުން ދަނިކޮށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އިންޑިއާއިން، އިންޑިއާގެ ޑިޕޮލޮމެޓުން ވަރަށް ހުޝިޔާރުކަމާއިއެކު ނުފޫޒު ފޯރުވިކަމަށް ރައީސް ނަޝީދު ވިދާޅުވުމުން ބޮޑު ބަދުނާމެއް އުފުލަން އިންޑިއާއަށް ޖެހިއްޖެއެވެ.

މީޑިއާގެ ކުރިމަތީގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގެ ކްލިޕްތައް ގިނަ ބައަކު މިހާރު ގެންދަނީ ސޯޝަލް މީޑިއާގައި ޢާންމުކުރަމުންނެވެ. 

އިންޑިއާ ފަދަ ރާއްޖޭގެ މުހިންމު ބައިވެރިއެއް ރައީސް ނަޝީދު މިމޭރުމުން ބަދުނާމުކުރެއްވުމުން ގިނަ ބައަކު ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. އިންޑިއާގެ ބައެއް މީޑީއާތަކުން ވަނީ ރައީސް ނަޝީދުގެ ވާހަކަފުޅުން އިންޑިއާއަށް ބޮޑު ކްރެޑިޓެއް ލިބުނުކަން ފާހަގަކޮށްފައެވެ. ނަމަވެސް ޙަޤީޤަތަކީ ދިވެހިރައްޔިތުންގެ ގިނަބައެއްގެ ހިތްތަކުގައި އިންޑިއާ އާއިމެދު ބޮޑެތި ޝައްކުތަކެއް އުފެދިގެން ދިއުމެވެ.  

ރާއްޖޭގެ މިއަދުގެ ޒުވާން ޖީލަށް ބަލައިފިނަމަ ގިނަ ޒުވާނުން ދިވެހިބަހަށްވުރެ އިނގިރޭސިބަހަށް ފަރިތަކަން ފާހަގަކުރެވޭއިރު އިނގިރޭސިބަހުން ދައްކާ ވާހަކައެއް އެހެން ގޮތަކަށް ބަދަލުކުރިނަމަވެސް އެކަން ޤަބޫލެއް ނުކުރާނެއެވެ. 

މިއަދު އޮންލައިން