ރާއްޖޭގެ ބޮޑުބަޔަކަށް ވައިޓް އެލާރޓް ނެރެފި!

ކިޔުމަށް ހޭދަވާނީ 29ސ
ރާއްޖޭގެ ބޮޑުބަޔަކަށް ވައިޓް އެލާރޓް ނެރެފި!

މިދުވަސްކޮޅު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން، ބޮޑު ބަޔަކަށް ވައިޓް އެލާރޓް ނެރެފިއެވެ.

އެގޮތުން މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވައިޓް އެލާރޓް ނެރެފައިވަނީ ނ. އަތޮޅުން މ. އަތޮޅަށް އަދި ގއ. އަތޮޅުން ފުވައްމުލަކު ސިޓީ އަށެވެ.

މެޓް އޮފީހުން ލަފާ ކޮށްފައިވާ ގޮތުގައި މިސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާ ކޮށްފައިވެއެވެ.

ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު މެންދުރު 13:00 އިން އިރުއޮއްސި 18:00 އާއި ހަމައަށެވެ.

މިއަދު އޮންލައިން