އާންމު ހާލަތައް ސިފައިންގެ އެލާޓް ލެވެލް ބަދަލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 36ސ
އާންމު ހާލަތައް ސިފައިންގެ އެލާޓް ލެވެލް ބަދަލުކޮށްފި

މިދިޔަ މަހު 24 އިން ފެށިގެން ސިފައިންގެ ހިންގަމުން ގެންދިޔަ އޮޕަރޭޝަން ނިންމާލައި އެލާޓް ލެވެލް އާންމު ހާލަތައް ބަދަލުކޮށްފިއެވެ.

ރާއްޖޭގެ ހާލަތު "ޔެލޯ އެލާޓް 2" އަށް އެމްއެންޑީއެފް އިން މަތި ކުރީ ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާން ކަމަށް ބުރޫއަރާ ފަދަ ކަމަކާ ކުރިމަތިވާނެ ކަމަށް ބެލެވުމުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުންނެވެ.

އެމްއެންޑީއެފް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ މަހު 24 އިން ފެށިގެން ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ހިންގަމުން ގެންދިޔަ އޮޕަރޭޝަން މިއަދު ހެނދުނު 6:00 ގައި ނިންމާލާފައިވާ ކަމަށެވެ. 

މި އޮޕަރޭޝަނަކީ ވަރަށް ކާމިޔާބު އޮޕަރޭޝަނެއް ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން