ލޯންޗަކާއި ޑިންގީއެއް ޖެހި އެކްސިޑެންޓްވެ، އެކަކު ގެއްލިގެން ހޯދަނީ!

ކިޔުމަށް ހޭދަވާނީ 54ސ
ލޯންޗަކާއި ޑިންގީއެއް ޖެހި އެކްސިޑެންޓްވެ، އެކަކު ގެއްލިގެން ހޯދަނީ!

ދ. ދެަރަވަންދޫއިން ފުރައިގެންދިޔަ ޑިންގީ އަކާއި އޭދަފުށިން ފުރައިގެންދިޔަ ލޯންޗެއް އެކްސިޑެންޓްވެ އެކަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ފަށައިފިއެވެ.

މިރޭ 19:06 ހާއިރު ބ. ދޮންފަނު ހިނގި މިހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.

       

"މިއަދުނޫހަށް" އެނގިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ބ. އޭދަފުށީ، މުސްތަރީގޭ، ނަސްރުﷲ އަބްދުﷲ ކިޔާ މީހެކެވެ.

އެކްސިޑެންޓް ހިނގި އިރު ޑިންގީގައި ތިބީ ނަސްރުﷲ ގެ އިތުރުން ދެ މީހެކެވެ. އެއީ އުމުރުން 42 އަހަރުގެ ފިރިހަނަކާއި 38 އަހަރުގެ ފިރިހެނެކެވެ.

ނަސްރުﷲ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުންނާއި ޑިއުސިޓް ތާނީ ރިސޯޓްގެ ޑައިވަރުންގެ ޓީމެއްގެ އިތުރުން ދަރަވަންދޫގެ ޑައިވަރުންގެ ޓީމެއް ވެސް ދަނީ ކުރަމުންނެވެ.

އެކްސިޑެންޓްވި ޑިންގީ ވަނީ އަޑިއަށް ގޮސްފައެވެ.

އިތުރު ތަފްސީލު އަންނަނީ..

މިއަދު އޮންލައިން