އަލިފާން ރޯވި ޔޮޓު އަޑިއަށް ހިނގައްޖެ!

ކިޔުމަށް ހޭދަވާނީ 41ސ
އަލިފާން ރޯވި ޔޮޓު އަޑިއަށް ހިނގައްޖެ!

ކ. ތުލުސްދޫ ކުޑަވިލިނގިލި ކައިރީގައި އޮތް ބޭރުގެ އުޅަނދެއްގައި އަލިފާން ރޯވެއްޖެއެވެ.

އަލިފާން ރޯވީ ސަފާރީއެއްގައި ކަމަށް ކުރިން އެމްއެންޑީއެފް އިން މައުލޫމާތު ދިއްވި ނަމަވެސް، ފަހުން ވިދާޅުވީ އަލިފާންރޯވީ ޔޮޓެއްގައި ކަމަށެވެ.

     

މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ފަތިހު 5:42 ހާއިރެވެ.

މިހާދިސާ ހިނގިއިރު އެޔޮޓުގައި ތިބީ އޮސްޓްރޭލިއާގެ ތިން މީހެއް ކަމަށާއި، އެހެން އުޅަނދަކަށް އެވަގުތު އެމީހުން ނެގި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ. އެމީހުންނަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އަޕްޑޭޓް: ޔޮޓުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް މިވަގުތު ދަނީ ފޯމް ބޭނުން ކުރަމުންނެވެ.

އަޕްޑޭޓް: އަލިފާން ރޯވި ޔޮޓް 9:32 ހާއިރު އަޑިއަށް ހިނގައްޖެކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

 

މިއަދު އޮންލައިން