ކައްޕި ގެއްލުނު ސަރަޙައްދުން ކަނޑުގެ އަޑިން ވަޅިއަކާއި އެހެނިހެން ބައެއް ތަކެތި ފެނިއްޖެ!

ކިޔުމަށް ހޭދަވާނީ 1މ 12ސ
ކައްޕި ގެއްލުނު ސަރަޙައްދުން ކަނޑުގެ އަޑިން ވަޅިއަކާއި އެހެނިހެން ބައެއް ތަކެތި ފެނިއްޖެ!

މިމަހުގެ 6 ވަނަ ދުވަހު ހެނދުނު ކ. ކަގި ކައިރިން ދޯންޏެއް ފަރަށްއަރާ އެދޯނީގެ ކައްޕި ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަމުންދިޔަ ސަރަޙައްދުން، ކަނޑުގެ އަޑިން ވަޅިއަކާއި އެހެނިހެން ބައެއް ސާމާނު ފެނިއްޖެއެވެ.

           

އެމްއެންޑީއެފް ގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ކައްޕި ހޯދުމުގެ މަސައްކަތުގެ ތެރެއިން މިއަދު ވެސް ހެލިކޮޕްޓަރ ގައި ވައިގެ މަގުން އެސަރަޙައްދު ބެލިކަމަށާއި ކަނޑު ސާފެސް ބެލުމަށް ކޯސްޓްގާޑުގެ ޑައިވަރުން ފީނާފައިވާ ކަމަށެވެ.

             

އެގޮތުން އެޑައިވަރުންނަށް އެސަރަޙައްދުން މިއަދު ފެނުނު ތަކެތީގެ ތެރޭގައި ތުވާއްޔެއްގެ ބަޔަކާއި ޑަސްބިން ކޮތަޅަކަށްލާ ބަންދު ކޮށްފައި އޮތް ވަޅިއަކާއި އިލެކްޓްރޯނިކް ބައެއް ސާމާނު ވެސް ފެނިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

                

މިފެނުނު ތަކެތި ތަހުގީގު ކުރުމަށް ފުލުހުންނާއި ހަވާލު ކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފްގެ ތަރުޖަމާނު ވިދާޅުވެފައިވެއެވެ.

ދޯންޏެއް ފަރަކަށް އެރިކަމަށްބުނެ ރިޕޯޓުކޮށް، ގެއްލިގެން ހޯދަމުންދަނީ ހދ. ކުޅުުދުށްފުށި/ ހަވީރީނާޒް މުޙައްމަދު ޔޫސުފް (37އ.) އެވެ.

އެމްއެންޑީއެފް އިން ކުރިން މައުލޫމާތު ދީފައިވާ ގޮތުގައި، މިހާދިސާ ހިނގިއިރު ދޯނީގައި ތިބީ މުޙައްމަދު (ކައްޕި) ގެ އިތުރުން ދެ ބިދޭސީންނެވެ.

މިއަދު އޮންލައިން