އެމްއެންޑީއެފްގެ ލޯންޗެއްގައި އަލިފާން ރޯވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 23ސ
އެމްއެންޑީއެފްގެ ލޯންޗެއްގައި އަލިފާން ރޯވެއްޖެ

އެމްއެންޑީއެފްގެ ފަޔާ އިންޓަސެޕްޓާ (އެފްއައިސީ) ވެލާނާ ލޯންޗު ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވެއްޖެއެވެ.

މިކަމާގުޅިގެން އެމްއެންޑީއެފް އިން ބުނެފައިވަނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިއަދު 15:55 ހާއިރު ލޯންޗު، ކ. ގުރައިދޫ ކައިރިން ދަތުރުކޮށްފައި ދަނިކޮށް ކަމަށެވެ.

މިހާރު އަލިފާންގަނޑު ނިއްވާލެވިފައިވާ ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

 

 

މިއަދު އޮންލައިން