ދޯންޏެއް އަޑިއަށް ގޮސް، ކަނޑުވެފައި ތިބި 4 މީހަކު ސަލާމަތްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 25ސ
ދޯންޏެއް އަޑިއަށް ގޮސް، ކަނޑުވެފައި ތިބި 4 މީހަކު ސަލާމަތްކޮށްފި

ދޯންޏެއް އަޑިއަށް ގޮސް، ކަނޑުވެފައި ތިބި ހަތަރު މީހަކު ސަލާމަތްކޮށްފިއެވެ.

މިމީހުން ކަނޑުވެފައި ތިއްބާ ސަލާމަތްކުރީ އެ ސަރަހައްދުން ދަތުރުކުރި ޑައިވިން ދޯންޏަކަށް ފެނިގެންނެވެ.

އެމްއެންޑީއެފުން ބުނީ ހަތަރު މީހުންނާއި އެކު ދަތުރުކުރި ދޯންޏެއް ކ. އިތާފުށި ކައިރިޔަށް އަޑިޔަށް ދިޔަ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 10:25 ހާއިރު ކަމަށެވެ.

މިހާދިސާގައި އަޑިއަށް ދިޔަ އުޅަނދަކީ 40 ފޫޓުގެ ކުޑަ ދޯންޏެއް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން