ރައީސް ނަޝީދުގެ ވެރިކަމުގަ ރާއްޖޭގަ ފައްޅި އެޅުމަށާ އަނހެން ކުދިން ޚިޠާނުކުރުމާމެދު އިސްލާމިކް މިނިސްޓްރީގެ ލަފައަށް އެދުނު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ރައީސް ނަޝީދުގެ ވެރިކަމުގަ ރާއްޖޭގަ ފައްޅި އެޅުމަށާ އަނހެން ކުދިން ޚިޠާނުކުރުމާމެދު އިސްލާމިކް މިނިސްޓްރީގެ ލަފައަށް އެދުނު!

ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ވަނީ ރާއްޖޭގައި ފައްޅި އެޅުމަށާއި މިހާރު އެމަނިކުފާނު އެންމެ ކަންބޮޑުވެވަޑައިގެން އުޅުއްވާ އަންހެން ކުދިން ޚިޠާނުކުރުމާއިމެދު ވެސް އިސްލާމިކް މިނިސްޓްރީގެ ލަފައަށް އެދިފައެވެ.

ނަމަވެސް މިހާރު މިފެންނަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންހެން ކުދިން ޚިތާނު ކުރުމާއިބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީން ލަފައަކަށް އެދުމުން އެ މިނިސްޓްރީން އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަތީ މަޖިލީހުގެ ލަފައަކަށް އެދިފައިވާތީ އެލެކްސްގެ ބައިވެރިން އިންތިހާއަށް ކަންބޮޑުވެގެން ތެޅިފޮޅޭތަނެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގައި ފައްޅި އެޅުމާއި ބެހޭ ގޮތުން ލަފައަކަށް އެދުމުގެ އިތުރުން އަނހެން ކުދިން ޚިޠާނުކުރުމާއިބެހޭ ގޮތުން ލަފައަކަށް އެދުނުކަން އިސްލާމިކް މިނިސްޓްރީން ވަނީ ޔަޤީންކޮށްދީފައެވެ. އެއިރުގެ އިސްލާމިކް މިނިސްޓަރ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވަނީ އެކަން އެތައް ފަހަރަކު ހާމަކުރައްވައިފައެވެ.

މީގެ އިތުރުން ރާއްޖޭގައި ފައްޅި އަޅަން ބޭނުންވާ ޤައުމެއްގެ ސަފީރު ވެސް ވަނީ ޑރ. ޢަބްދުލްމަޖީދުގެ އަރިހަށް ލަފާ ހޯދަން ފޮނުވާފައެވެ. މިއިން އެއްވެސް ކަމަކާއި ކަންބޮޑުވި މީހަކު ނުފެނެއެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ އަންހެން ކުދިން ޚިތާނު ނުކުރެވިގެން ބައަކު ނުއުޅޭ ކަމަށާއި މިއިން ޒަމާނަކުވެސް ރާއްޖޭގައި އެކަން ނުކުރާކަމަށެވެ.

މީގެ އިތުރުން މިކަމުގެ ވާހަކަތައް ބޮޑުކޮށްގެން ދައްކަނީ ރާއްޖޭގައި އަންހެން ކުދިން ޚިތާނުކުރި ޒަމާނުގައިވެސް އެކަން ކުރީ ކުއްޖާއަށް އެއްވެސް އަނިޔާއެއް ނުލިބޭނެ ފަދަ ލުއި ފަސޭހަ ގޮތަކަށްކަންވެސް ކަންބޮޑުވާ މީހުންނަށް އެނގޭކަމަކަށް ނުވެއެވެ. ނުވަތަ އެނގޭކަމަށް ހަދާކަށްވެސް ބޭނުމެއް ނުވެއެވެ.

އެހެންކަމުން ބޭނުންވެގެން މިއުޅެނީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން އިސްލާމް ދީނަށް އެއްޗެތި ގޮވުންކަމާއިމެދު ޝައްކުކުރަން މިހާރު އެއްވެސް ޖާގައެއް ނެތެވެ! ސަރުކާރުގެ ޞިއްހީ އިދާރާއަކުން ޞިއްހަތާއި ގުޅުންހުރި ކަމެއްގައި ލަފައަކަށް އެދުމުން އެ ލަފާ ހޯދަން އެދުމަކީ ކުށަކަށް ހަދާ މީހުންނަށް ރާއްޖޭގައި އިސްލާމް ދީން އޮތުމަކީވެސް ކުށަކަށްވާކަން މިކަމުން ވަރަށް ރަނގަޅަސް އެނގިގެންދެއެވެ.

މިއަދު އޮންލައިން