"ޤުރްއާން ކިޔެވޭ އަޑު އިވުމުން ޝައިޠޯނުންނަށް ވަރަށް އުނދަގޫވާނެއެވެ! ވީމާ ޝައިޠޯނާ ބަލިކުރުމަށް އޮތް އެންމެ ވަރުގަދަ އެއް ހަތިޔާރަކީ ގިނަގިނައިން ޤުރްއާން ކިޔެވުމުވެ!" --ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޑރ. އިޔާޟްގެ މިބަސްފުޅުން އެނގިގެންދަނީ އެމީހަކާއި ޝައިޠޯނާ ދުރަށް ޖައްސުވަން އެދޭ މީހާ ކީރިތި ޤުރްއާން ކިޔެވުން ގިނަކުރުމުގެ މުހިންމުކަމެވެ.
ވީމާ ދަރިން ޝައިޠޯނާގެ ކިބައިން ސަލާމަތްކުރުވަންވެސް އެކުދިން ލައްވައި ވީހައި ގިނައިން ކީރިތި ޤުރްއާން ކިޔުއްވާށެވެ! ކާބަފައިން ދެ ނަމާދު ދޭތެރޭގައި ކުދިން ލައްވައި ޤުރްއާން ކިޔުއްވައި ހެދީ މިފަދަ ސަބަބުތަކަށްޓަކައެވެ. އެ ރިވެތި، ފައިދާހުރި އާދަ އަލުން އަނބުރާ ގެންނަން ގަދައަޅައި މަސައްކަތްކުރަން އެބަޖެހެއެވެ.