ގަލޮޅު ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި!

ކިޔުމަށް ހޭދަވާނީ 26ސ
ގަލޮޅު ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި!

ގ. ޕްރެސައިޑް ނަމަކަށް ކިޔާ ގެއެއްގައި ރޯވި އަލިފާންގަނޑެއް ނިއްވާލައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވެފައިވަނީ އެގޭގެ އެއްވަނަ ފަންގިފިލާގައި ކަމަށާއި މިހާރު އަލިފާންގަނޑު ނިއްވާލެވިފައިވާ ކަމަށެވެ.

އަލިފާން ރޯވީ އެގޭގެ ކޮޓަރިއެއްގެ ޑީ ބޯޑެއްގައި ކަމަށާއި އަލިފާނުގެ އަސަރު އެގޭގައި ހުރި ދޮންނަ މެޝިނަށް ވެސް ކޮށްފައިވާއިރު ބައެއް އަންނައުނުތަކުގައި ވެސް ރޯވި ކަަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މިއަދު އޮންލައިން