ބޯޓެއް އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސް ކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 27ސ
ބޯޓެއް އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސް ކޮށްފި!

ދެފެންދޭތެރެއަށް އަޑިއަށްގޮސްފައިވާ 37 ފޫޓުގެ ފައިބަރ ބޯޓެއް ހއ.އަލިދޫގެ އިރުއުތުރު ފަރާތުން އޮޔާގެންދާތީ، ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.

 އެމްއެންޑީއެފް އިން ބުނެފައިވަނީ މިބޯޓް އޮޔާގެންދަނީ ހއ.ދިއްދޫ އާއި ހއ.ވަށަފަރާ ދޭތެރެއަށް ހުޅަނގުއުތުރަށް ކަމަށާއި އެހެންކަމުން މި ސަރަޙައްދުން  ރޭގަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުތަކުން މިކަމަށް އިތުރަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރާކަމަށެވެ.

މިއަދު އޮންލައިން