އެމްއެންޑީއެފް ގެ ކޮމާންޑާސް ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
އެމްއެންޑީއެފް ގެ ކޮމާންޑާސް ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލައިފި

އެމްއެންޑީއެފް ގެ 2020 ވަނަ އަހަރުގެ ކޮމާންޑާސް ކޮންފަރެންސް ކާމިޔާބުކަމާއެކު މިއަދު ނިންމާލައިފިއެވެ.

މި ކޮންފަރެންސް ނިންމުމުގެ ގޮތުން ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

މި ރަސްމިއްޔާތުގައި އެކަމަނާވަނީ ކޮންފަރެންސްގެ ބައިވެރިންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.  އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ކޮމާންޑަރސް ކޮންފަރެންސް އަކީ އެމްއެންޑީއެފް އިތުރަށް ތަރައްޤީކޮށް މޮޑަނައިޒްކޮށް ޕްރޮފެޝަނަލް ޚިދުމަތަކަށް ހެދުމަށްޓަކައި ދިފާޢީ ވަޒީރުގެ އިރުޝާދުފުޅުގެ ދަށުން ޗީފް އޮފް ޑިފެންސް ފޯސް ކުރިއަށް ގެންދަވާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ޕްރޮގްރާމެކެވެ. މި ކޮންފަރެންސްގެ ބޭނުމަކީ އެމްއެންޑީއެފްގެ ޤާބިލްކަމާއި ރެޑިނަސް އަދި މިޝަން އިފެކްޓިވްނަސް އިތުރުކުރުމަށްޓަކައި ވަށާ ޖެހޭ ކޮމާންޑް ފަލްސަފާއެއް ޑިވެލޮޕްކުރުމެވެ.

މިމަހު 17 އިން 20 ގެ ނިޔަލަށް ކުރިއަށްދިޔަ މި ކޮންފަރެންސްގައި ޖެނެރަލް އޮފިސަރުންނާއި ސާވިސް ކޮމަޑާންޓުންނާއި އެކި ލެވެލްގެ ކޮމާންޑަރުންނާއި ކޮމާންޑް ސާޖަންޓް މޭޖަރުންނާއި ވޮރަންޓް އޮފިސަރުން އަދި ސީނިއަރ އެންލިސްޓެޑް ލީޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

 

 

މިއަދު އޮންލައިން