ކުޑަހުވަދޫއަށް ނަގޫރޯޅިއެއް އެރުމުގެ ސަބަބުން ގެއެއްގެ ފުރާޅު އެއްލާލައިފި!

ކިޔުމަށް ހޭދަވާނީ 35ސ
ކުޑަހުވަދޫއަށް ނަގޫރޯޅިއެއް އެރުމުގެ ސަބަބުން ގެއެއްގެ ފުރާޅު އެއްލާލައިފި!

ދ. ކުޑަހުވަދޫއަށް އިއްޔެ ނަގޫރޯޅިއެއް އަރާ، އެއް ގެއެއްގެ ފުރާޅު އެއްލާލައިފިއެވެ.

ކުޑަހުވަދޫގެ ކައުންސިލު ރައީސް އަޙުމަދު ޝާމް "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާދިސާ ހިނގީ އިއްޔެ ހަވީރު 16:30 ހާއިރު ކަމަށާއި، އެއް ގެއެއްގެ ފުރާޅުގައި ޖަހާފައިހުރި 10 ވަރަކަށް ޓިނުގަނޑު އެއްލާލި ކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށާއި އެއްވެސް އެއްޗަކަށް ވެސް ގެއްލުން ނުވާ ކަަަމަށް ޝާމް ވިދާޅުވިއެވެ.

ކުޑަހުވަދޫ ކައުންސިލު ރައީސް ވިދާޅުވީ އިއްޔެ މިހާދިސާ ހިނގިތަނާހެން ފުލުހުންނާއި އެމްއެންޑީއެފް އަށް ވެސް މިކަން އަންގާފައިވާ ކަމަށާއި ފުރާޅު އެއްލާލި ގޭގައި މިހާރު އައު ޓިނުތަކެއް ވެސް ޖަހާދީފައިވާ ކަމަށެވެ.

މިއަދު އޮންލައިން