ބިގްމަން އެންޑް ކޯރ ކެފޭގައި އަލިފާން ހާދިސާއެއް ހިނގައިފި

ކިޔުމަށް ހޭދަވާނީ 47ސ
ބިގްމަން އެންޑް ކޯރ ކެފޭގައި އަލިފާން ހާދިސާއެއް ހިނގައިފި

ޗާންދަނީ މަގުގައި ހުންނަ ބިގްމަން އެންޑް ކޯރ  ކެފޭގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެއްޖެއެވެ.

މިއަދު ހެނދުނު 07:52 ހާއިރު މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މި ހާދިސާގައި އެ ކެފޭގައި އަލިފާން ރޯވެފައިވަނީ ބަދިގެތެރެއަށް ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރުމުގެ ސަބަބުން ހިނގި ގޭސް އެކްސްޕްލޯޝަނެއްގައެވެ. އަދި މި ހާދިސާ އެމްއެންޑީއެފް އެފްއާރުއެސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ދަނީ އިތުރަށް ތަހުޤީގު ކުރަމުންއެވެ.

މި ހާދިސާގައި އެ ރެސްޓޯރަންޓުގައި މަސައްކަތްކުރާ ބިދޭސީ މީހަކު ފިހިގެން އިތުރު ފަރުވާއަށް ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފަވެއެވެ.

ބިގްމަން އެންޑް ކޯރ  ކެފޭގައި ހިނގި މި ހާދިސާ އާ ގުޅިގެން އެ ކެފޭއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މިއަދު އޮންލައިން