ދަތުރުފަތުރާ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭނަން!: އެމްއެންޑީއެފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ދަތުރުފަތުރާ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭނަން!: އެމްއެންޑީއެފް

ކޮވިޑް-19  އާއި ގުޅިގެން ކުރަންޖެހޭ ދަތުރުފަތުރާއި އެނޫންވެސް ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް އެމްއެންޑީއެފް އިން ކޮށްދެމުން ގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ވިދާޅުވީ ސީއެމްބިޔުލާންސްގެ ޚިދުމަތް ދަތިކަމެއް ނެތި ދެމުން ގެންދާނެ ކަމަށާއި ހުރިހާ ސަރަހައްދުތައް ގުޅިގެން ފުރިހަމައަށް ޚިދުމަތް ދެވޭނެ ކަމަށެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ އަބަދުވެސް ޤައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި ރައްޔިތުންނަށް ޚިދުމަތްކުރުމުގައި އެންމެ ކުރީ ސަފުގައި ތިބެނީ ސިފައިން ކަމަށާއި މިފަހަރުވެސް އެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން އެއްތަނުން އަނެއްތަނަސް ގެންދަން ޖެހޭ މީހުން ގެންދިއުމުގައި ޙަރަކާތްތެރިވަމުން ދަނީ ސިފައިންނެވެ.

މިއަދު އޮންލައިން