ކުރިއަށް އޮތް ސައުވީސް ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ‍- ސަމާލުވޭ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
ކުރިއަށް އޮތް ސައުވީސް ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ‍- ސަމާލުވޭ!

ކުރިއަށް އޮތް ސައުވީސް ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށާއި މިކަމަށް ސަމާލުވުމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން މިހެން ބުނެފައިވަނީ އިންޑިއާގެ ބޭއޮފް ބެންގޯލް ސަރަހައްދުގައި މިހާރު އުފެދިފައިވާ ކޮޅިގަނޑު މާދަމާ މެންދުރެއްހާއިރު ތޫފާނަކަށް ބަދަލުވާނެކަމަށް ލަފާކުރެވިފައިވާތީއެވެ.

މިތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރިނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދުތެރޭ ސަރަހައްދުތަކާއި ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަވާނެތީ ކޮންމެހެން ކުރަންޖެހޭ ދަތުރެއްފިޔަވައި އެހެން ދަތުރުތައް މަޑުޖައްސާލައި މިކަމަށް ސަމާލުވުމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.

ތޫފާން "އެމްފަން" ގެ ނަންދީފައިވާ މި ތޫފާނުގެ ނުރައްކާ ބޭ އޮފް ބެންގާލް ހިމެނޭ ސަރަޙައްދުގެ ޤައުމުތަކާއި ރައްތަކަށް އޮތްއިރު ކުރިޔަށް އޮތް ދުވަސްތަކުގައި ތޫފާން އިތުރަށް ބާރުގަދަވާނެ ކަމަށް މޫސުމާއި ބެހޭ ބައިނަލްއަޤުވާމީ އިދާރާތަކުން ވެސް ވަނީ ހާމަކޮށްފައެވެ.

މިއަދު އޮންލައިން