ކޮރޯނާއިން އަރައިގަތުމަށް ކުރާ މަސައްކަތުގަ ސިފައިންގެ ޚިދުމަތުގެ ދައުރު ވަރަށް ފުރިހަމަ! ތަޢްރީފް ޙައްޤު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ކޮރޯނާއިން އަރައިގަތުމަށް ކުރާ މަސައްކަތުގަ ސިފައިންގެ ޚިދުމަތުގެ ދައުރު ވަރަށް ފުރިހަމަ! ތަޢްރީފް ޙައްޤު!


ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އިން އަރައިގަތުމަށް ރާއްޖޭގައި ހިންގާ އިމަރޖެންސީ އޮޕރޭޝަނަކީ ރާއްޖޭގެ ތާރީޚުގައިވެސް މިހައި ތަނަށް ހިންގާ ބޮޑު އޮޕްރޭޝަނެވެ. އެންމެ ގިނަ މުއައްސަސާތަކާއި އެންމެ ގިނަ ބައަކު ބައިވެރިވެގެން އެންމެ ފުޅައު ދާއިރާއެއްގައި ހިންގާ އޮޕަރޭޝަނެވެ.



މިއޮޕަރޭޝަން ހިންގުމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުންވެސް ކުރަމުން ގެންދަނީ ތަޢްރީފް ޙައްޤު ވަރަށް ފުރިހަމަ މަސައްކަތްތަކެކެވެ. އެހެންކަމާއިއެކުވެސް އޮޕަރޭޝަނުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވާ ދިވެހި އަސްކަރިއްޔާގެ ޚިދުމަތް ޚާއްޞަ ގޮތެއްގައި ފާހަގަކުރަންޖެހެއެވެ.



ހަމައެއާއިއެކު ޑޮކްޓަރުންނާއި ޞިއްހީ ޚިދުމަތްތެރިން ވެވަޑައިގަންނަވަމުން ގެންދަވާ އަގުހުރި ޤުރްބާނީ އަކީ މުޅި ދުނިޔެއަށްވެސް ލާމަސީލު ނަމޫނާ މަސައްކަތްތަކެއްކަން ފާހަގަކުރެވެއެވެ.


ސިފައިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދައުރު ޚަބަރުގައިވާ ވީޑިއޯ އިން ބައްލަވައިލައްވާށެވެ!



https://www.youtube.com/watch?time_continue=3&v=vda_BOeTMAI&feature=emb_title

 

މިއަދު އޮންލައިން