ދެ ޑިންގީއަކަށް ދިޔަވާތީ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަންފޯރުކޮށްދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
ދެ ޑިންގީއަކަށް ދިޔަވާތީ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަންފޯރުކޮށްދީފި

ގދ.ހައުޑިގަލާއަށް ދަތުރު ދިއުމަށްފަހު ގދ.ތިނަދޫއަށް ދަތުރުކުރި ދެ ޑިންގީއަކަށް ދިޔަވާތީ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަންފޯރުކޮށްދީފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)އަށް ލިބިފައިވަނީ މިއަދު 15:58 ހާއިރުއެވެ.

ހައުޑިގަލާއަށް ދަތުރުދިޔަ ދެޑިންގީގެ ތެރޭގައި ހިމެނެނީ 6 މީހުންނާއެކު ދަތުރުކުރި "ރަންދިޔެ" ނަމަކަށް ކިޔާ ޑިންގީއަކާއި އަދި 5 މީހުންނާއެ ދަތުރުކުރި "ކުރި" ނަމަކަށް ކިޔާ ޑިންގީއެކެވެ. މި ދެ ޑިންގީގައި ތިބި ޖުމުލަ 11 މީހަކު، ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ވަނީ މިއަދު 17:15 ހާއިރު ގދ.ތިނަދޫއަށް ގެންގޮސްދީފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

- އެމްއެންޑީއެފް

މިއަދު އޮންލައިން