ދޯންޏެއްގެ ތެރެއަށް ހޭނެތުނު އަންހެނަކު އިތުރު ފަރުވާއަށް ކުޑަހުވަދޫއަށް ގެންގޮސްދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 36ސ
ދޯންޏެއްގެ ތެރެއަށް ހޭނެތުނު އަންހެނަކު އިތުރު ފަރުވާއަށް ކުޑަހުވަދޫއަށް ގެންގޮސްދީފި

ދ.ވައްލަޅޮހި ނަމަކަށް ކިޔާ ފަޅުރަކަށް ދަތުރުގޮސް އުޅުނު އަންހެނަކު ދޯނި ތެރެއަށް ހޭނެތިގެން އިތުރުފަރުވާއަށް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ދ.ކުޑަހުވަދޫއަށް ގެންގޮސްދީފިއެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު 16:20 ހާއިރު ލިބުމާއެކު ސެންޓްރަލް އޭރިއާގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އަދި ހޭނެތުނު އަންހެން މީހާއާއެކު އެ ދޯނީގައި ތިބި ތިން އަންހެނުންނާއި ކުޑަކުއްޖަކު ވަނީ ކޯސްޓްގާޑް ލޯންޗުގައި މިއަދު 17:00 ހާއިރު ކުޑަހުވަދޫއަށް ގެންގޮސްދީފައެވެ.

އެމްއެންޑީއެފް ކޯސްޓްގާޑަށް އެ ދޯނިން މަޢުލޫމާތު ދީފައިވާ ގޮތުގައި އަންހެން މީހާ ހޭނެތިފައިވަނީ މިއަދު ހަވީރު އައި ކޮޅިގަނޑުގައި ކަނޑުގަދަވުމާ ގުޅިގެންނެވެ.

މިއަދު އޮންލައިން