މަސްވެރިން މަހަށް ނުކުންނައިރު މޫސުމަށް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
މަސްވެރިން މަހަށް ނުކުންނައިރު މޫސުމަށް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި

މިދުވަސްވަރަކީ އާދަޔާ ޚިލާފަށް ވައި ބާރު އަދި ކަނޑުގެ ރާޅުތައް ބޮޑުވެ އުދައަރާ، މޫސުން ގޯސް ދުވަސްވަރަކަށް ވުމާއިއެކު، މަސްވެރިކަންކުރަން ނުކުންނަ އުޅަނދުފަހަރުތަކާއި ކަނޑުދަތުރުފަތުރުކުރާ އުޅަނދުތަކުން ދަތުރުކުރުމުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް، މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ސާފުކޮށް، ރައްކާތެރިކަމާއެކު ދަތުރުކުރެއްވުމަށް ހުރިހާ މަސްވެރިންނާއި ދަތުރުވެރިންނަށް ފިޝަރީޒް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.  

"ކަނޑުރޯދި 1" ދޯނި އަޑިއަށް ގޮސް ފަޅުވެރިން ކަނޑުވި ހާދިސާއާއި ގުޅިގެން އެމިނިސްޓްރީންވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ.  

"އިއްޔެ ހެނދުނު 8:45 ހާއިރު 9 ފަޅުވެރިންނާއެކު، ކ.ހުރާ ކަނދުފަތިކައިރީގައި މަސްވެރިކަންކުރުމަށް ނުކުމެ އުޅުނު "ކަނޑުރޯދި 1" ދޯނި އަޑިއަށް ގޮސް ފަޅުވެރިން ކަނޑުވި ޚަބަރު އަޅުގަނޑުމެން އެހީ ފުން ހިތާމައާއެކުއެވެ. 

 މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ދިމާވި މިހިތާމަވެރި ހާދިސާގައި ގެއްލުން ލިބުނު އެންމެހާ ލޮބުވެތި މަސްވެރިންނާއި، އެމަސްވެރިންގެ އާއިލާތަކުގެ މެންބަރުންގެ މިހިތާމައިގައި އަޅުގަނޑުމެން މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ބައިވެރިވަމެވެ. 

މިހާދިސާގައި "ކަނޑުރޯދި 1" އަށް  އެހީތެރިކަން ފޯރުކޮށްދިން ކ. ގުޅި، "ރޭޝަމް" ދޯނީގެ ހުރިހާ ފަޅުވެރިންނަށް ނުހަނު އިޙްލާސްތެރިކަމާއެކު ޝުކުރުދަންނަވަމެވެ. އަދި މިހާދިސާ ހިނގުމުން އެހީތެރިކަން ފޯރުކޮށްދިން އެމް.އެން.ޑީ.އެފް. ގެ މާލޭ އޭރިޔާގެ ކޯސްޓްގާޑްގެ ސްކޮޑުރަންއަށް ވެސް މިފުރުޞަތުގައި ޝުކުރުދަންނަވެމެވެ."

މިއަދު އޮންލައިން