ބ.އަތޮޅާއި ޅ.އަތޮޅާ ދޭތެރެއިން ބޯޓެއް އޮޔާދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 38ސ
ބ.އަތޮޅާއި ޅ.އަތޮޅާ ދޭތެރެއިން ބޯޓެއް އޮޔާދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

ބ.އަތޮޅާއި ޅ.އަތޮޅާ ދޭތެރެއިން ބޯޓެއް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކޮށްފިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެ އުޅަނދު އޮޔާ ގެންދަނީ އިރުދެކުނަށް ކާށިދޫ ކަނޑު ތެރެއަށެވެ. ވީމާ، މިސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި ޚާއްޞަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ އުޅަނދު ފަހަރުތަކުން މިކަމަށް އިތުރަށް ސަމާލުކަން ދެއްވުމަށް ކޯސްޓްގާޑުން އިލްތިމާސްކޮށްފިއެވެ.

ކަނޑުމަތީގެ އެއްވެސް ހާދިސާއެއް ހިނގައިފިނަމަ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވައި އެ މަޢުލޫމާތު ހިއްސާކުރުމަށް އެދެއެވެ.

މިއަދު އޮންލައިން