ރައީސް މައުމޫން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 35ސ
ރައީސް މައުމޫން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި!

ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ފަރުވާދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދަރުމަވަންތަ ހޮސްޕިޓަލް ގެ 11 ވަނަ ބުރީގައި އެޑްމިޓްކޮށްފިއެވެ.

ރައީސް މައުމޫން ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އާންމު ކުރެއްވީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

ރޯގާގެ އާލާސްކަންފުޅެއް ޖެހިވަޑައިގެން މިއަހަރުގެ ކުރީކޮޅު ވެސް ޓެސްޓްތަކެއް ހެދުމަށް ރައީސް މައުމޫން ވަނީ އައި.ޖީ.އެމް.އެޗްގައި އެޑްމިޓްކޮށް ފަރުވާހޯއްދަވާފައެވެ.

 އުމުރުފުޅުން 82 އަހަރުގެ ރައީސް މައުމޫނަކީ އެތައްބައެއްގެ ލޯބި ލިބިވަޑައިގެން ހުންނެވި ސިޔާސީ ވަރުގަދަ ޝަޚްސިއްޔަތެކެވެެ. 

މިއަދު ނޫހުގެފަރާތުން ރައީސް މައުމޫނަށް އަވަސް ޝިފާއަކަށް އެދެމެވެ.

މިއަދު އޮންލައިން