ސަންލީޓް އިމާރާތާއި އެސްރަހައްދުގައި ރޯވެފައިވާ އަލިފާން ނިއްވުމަށް އެމްއޭސީއެލްގެ އަލިފާން ނިއްވާ މީހުންނާއި ސިފައިން ގުޅިގެން ފޮމް ބޭނުންކުރަން ފަށައިފިއެވެ.
މިހާރު އަލިފާންގަނޑުވަނީ ވަރަށް ބޮޑަށް ކުޑަވެފައިވާއިރު ސިފައިން ބުނެފައވަނީ މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވިފައިވާކަމަށެވެ.
މިހައިތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް ކަލާފާނުން ގެންދަނީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.