މާލޭގައި މިރޭ ދުއްވާފައިދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެއެވެ.
މިކަމާގުޅިގެން އެމްއެންޑީއެފް އިން ބުނީ ދަނާލު ކައިރިން ދުއްވާފައި ދިޔަ ކާރެއްގައި މިރޭ 7:17 ހާއިރު އަލިފާން ރޯވެފައިވާ ކަމަށާއި މިހާދިސާގެ މައުލޫމާތު ލިބުމުން އެސަރަހައްދަށް ގޮސް ކާރުގައި ރޯވެފައިވާ އަލިފާން ނިއްވާލާފައިވާ ކަމަށެވެ.
ކާރުގެ އިންޖީނުގައި ރޯވި މިހާދިސާގައި މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.