ފުރިހަމަ ގޮތުގަ އީމާންނުވެހުރެ ތިމާ މިހުރީ އީމާންވެގެންކަމަށް ބުނާ މީހުންނަށް އޮތް ނުރައްކާ މިހާބޮޑުކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ފުރިހަމަ ގޮތުގަ އީމާންނުވެހުރެ ތިމާ
މިހުރީ އީމާންވެގެންކަމަށް ބުނާ މީހުންނަށް އޮތް ނުރައްކާ މިހާބޮޑުކަން އެނގޭތަ؟


"ﷲ، އެއުރެންގެ ހިތްތަކުގައްޔާއި އެއުރެންގެ

ކަންފަތްތަކުގައި ވަނީ ސިއްކަޖައްސަވައި، ބަންދުކުރައްވާފައެވެ. އަދި އެއުރެންގެ ލޯތަކުގެ މަތީގައިވަނީ، ފަރުދާއެކެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ ޢަޛާބް ހުށްޓެވެ. 

އަދި އީމާންވެގެންވާ ބަޔަކު ކަމުގައި ނުވެތިބެ، ތިމަންމެން ﷲ އަށާއި އާޚިރަތް ދުވަހަށް އީމާން ވެއްޖައީމުއޭ ބުނާބަޔަކު، މީސްތަކުންގެ ތެރެއިންވެއެވެ. 

އެއުރެން ހީކުރާގޮތުގައި) ﷲ އަށާއި އީމާންވެގެންތިބި މީހުންނަށް އެއުރެން އޮޅުވައިލަނީއެވެ. އެއުރެން އެ އޮޅުވައިލަނީ، އެއުރެންގެ އަމިއްލަ ނަފްސްތަކަށް ކަމުގައި މެނުވީ ނުވެއެވެ. އެއުރެންނަށް (އެކަންވެސް) ނޭނގެނީއެވެ."

(އަލްބަޤަރާ: 7،8،9)  

މިއީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންނުވާ މީހުންނާއިމެދު ކަންކަންވެގެންދާނެ ގޮތެވެ. މިޙާލަތަށް މީހަކު ގެންދަވައިފިނަމަ ސަލާމަތްވާން ކުރެވޭނެ ހަމައެއްވެސް ކަމެއް ނުއޮންނާނެއެވެ.  

ފުރިހަމަ ގޮތުގައި އީމާންނުވެ ތިބެ ތިމަންމެން މިތިބީ އީމާންވެގެން ކަމަށް ބުނާ މީހުން ހީކުރަނީ އެމީހުންގެ ޙަޤީޤަތް އޮޅުވައިލެވޭނެ ކަމަށެވެ. ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫނެވެ. އެފަދަ މީހުން ރާވާ ނުބައި ރޭވުންތަކުގެ އިތުރުން ރާވަން ހިތަށް އަރުވާ ކަންކަންވެސް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ.  

ބިރުވެތިވާށެވެ. ﷲ ތަޢާލާ ޢަޛާބު ދެއްވަވާނެ އަޅުންތެރޭގައި ތިބާގެ ނަން ލިޔެވުނަނުދޭށެވެ، ތައުބާވެ ޙައްޤުމަގަށް އަވަހަށް ރުޖޫޢަވާށެވެ! ސަލާމަތްކަން ހޯދުން ވަނީ އެމީހާގެ އިކްތިޔާރަށް ދޫކުރައްވަވައިފައެވެ.  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން