ޢަޖުމަ ބަލައިލަން ނަމަވެސް ދެމަފިރިންގެ ދިރިއުޅުން މިމަގުން ކުރިއަށް ގެންގޮސް ތަފާތު ބަލާލަބަލަ! ގިނަ ބައަކު ޔަޤީންކޮށްދެނީ ހިތްހަމަޖެހުމާ ކުރިއެރުން ލިބޭކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ޢަޖުމަ ބަލައިލަން ނަމަވެސް ދެމަފިރިންގެ
ދިރިއުޅުން މިމަގުން ކުރިއަށް ގެންގޮސް ތަފާތު ބަލާލަބަލަ! ގިނަ ބައަކު
ޔަޤީންކޮށްދެނީ ހިތްހަމަޖެހުމާ ކުރިއެރުން ލިބޭކަން!


ޢާއިލީ ގުޅުން ބަދަހިކުރަން ކުރެވޭ ދުނިޔަވީ

ކަންކަމަކީވެސް ފައިދާހުރި ކަންކަމެވެ. އެކަކު އަނެކަކަށް ހަދިޔާ ދިނުމާއި އުފާވެރިކަން ޙާޞިލުކުރަން މަސައްކަތްކުރުމަކީ ހަމަ ވަރަށް މުހިންމު ކަންކަމެވެ. އެހެންކަމާއިއެކުވެސް ވިސްނާލަންޖެހޭ ކަންކަން އެބަހުއްޓެވެ.  

ޢާއިލީ ގުޅުންވެސް އަދި އެހެން ގުޅުންތައްވެސް ބަދަހިވެ އުފާވެރިކަން ލިބެން އޮތީ ދެމަފިރިން އިސްލާމް ދީނަށް ޢަމަލުކުރިވަރަކުންނެވެ. އެގޮތުން އެކަކު އަނެކަކަށް ވަފާތެރިވުމާއި އަޅައިލުމާއި އެކުގައި ވާދަކުރުން ގިނަ ކުރުމަކީ މުހިންމު ކަންކަމެވެ. ހަމައެއާއިއެކު ދެމަފިރިން އެކުގައި ރޭއަޅުކަންކުރުމަކީ ކުރަން އޮތް އެންމެ މުހިނަމުކަންތަކެވެ.  

ދުނިޔަވީ ޙަޔާތުގައި އަބަދުވެސް މައްސަލަތައް ކުރިމަތިވާނެއެވެ. ނަމަވެސް މިބުނެވުނު ކަންތައްތަކަށް ސަމާލުކަންދީގެން އެކަންކަން ކުރާނަމަ ކުރިމަތިވާ މައްސަލަތައް މަދުވާނެއެވެ. މައްސަލައެއް ޖެހުނަސް ޙައްލުކުރަންވެސް ފަސޭހަވާނެއެވެ. ސަބަބަކީ އެއިރުން އެބައެއްގެ ދިރިއުޅުމުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާ ކަމެވެ.  

މިހާރަކަށް އައިސް ފެންނަނީ ތަފާތު މަންޒަރުތަކެވެ. ގުޅުން ބަދަހިކުރަން ޢާއިލާއެކުގައި ކެއުމަކަށްދަނީއެވެ. ކައި ނިމިގެން އެނބުރި ގެއަށް އައުމަށްފަހު ފިރިމީހާއަށް ނުކުމެގެން ދެވެނީ އެހެންދިމާލަކަށެވެ. އަނބިމީހާއަށް ގޭގައި އިނދެގެން ފޯނުން ކުރެވެނީ އެހެން މުޢާމަލާތްތަކެކެވެ. ނަތީޖާއަކަށްވަނީ ނިދަންވާއިރު ދެމަފިރިންގެ ދެމެދަށް ވަދެ ޝައިޠޯނާ އޭތީގެ ބާރު ހިންގަން ފުރުޞަތުދެވުމެވެ.

މިބުނެލީ ވަރަށް ޢާދައިގެ މިޘާލެކެވެ. މިއަދުގެ ޢާންމު ދިރިއުޅުން ކުރިއަށް މިގެންދެވެނީ މިބުނެވުނު ކަންކަމަށް ވިސްނައިވެސް ނުލައެވެ. ޢާއިލީ ގުޅުމަށް ސަމާލުކަންވެސް ނުދެވޭ ގޮތަކަށެވެ. ކައިވެނިކުރުމަށްފަހު ދިރިއުޅެން ﷲ ތަޢާލާ އަންގަވާފައިވާ ގޮތާއިމެދު ވިސްނައިވެސް ނުލައެވެ.  

ޢާއިލީ ގުޅުން ބަދަހިކުރަން ތަފާތު ދުވަސްތައް ފާހަގަކޮށް ކޭކުފަޅައެވެ. ނަމަވެސް ފެނިގެންދަނީ ފަޅައިލެވޭ ކޮންމެ ފޮތްޗަކާއިއެކު ޢާއިލާގެ ގުޅުންވެސް ފަޅައިލެވޭތަނެވެ. މާނައަކީ ކޭކުފަޅާ ވަޤުތު ހިނިތުންވެގެން ތިބިނަމަވެސް ފަހުން ކުރެވޭ ކަންކަމުގެ ސަބަބުން އުފާވެރިކަން ގެއްލިގެންދާ ކަމެވެ.

ﷲ ތަޢާލާއަށް އީމާންވެ، ކިޔަމަންތެރިވެ އަޅުކަންކުރުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދޭން އޮތީ ޢާއިލީ ގުޅުންތައް ބަދަހިކުރުމަށެވެ. ހަރުދަނާ މުޖުތަމަޢުއެއް ބިނާކުރެވޭނީ ޢާއިލީ ގުޅުންތައް ބަދަހިވީވަރަކުންނެވެ. ބަސްއަހާ ކިޔަމަންތެރި ﷲ ތަޢާލާއަށް ބިރުވެތިވާ ޖީލެއް އުފެއްދޭނީވެސް ޢާއިލީ ގުޅުން ބަދަހިކޮށް ދެމެހެއްޓިގެންނެވެ.

މިވާހަކަތަކަކީ އެކިއެކި ޢޮިލްމުވެރިންގެ އަރިހުން މިއަދުނޫހުގައި ވަރަށް ގިނައިން ގެނެސްދެވޭ ވާހަކަތަކެކެވެ.  

އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން