ދުވަހުގެ ކާމިޔާބީ ގުޅިފައިވާ ހަތަރު ރަކްޢަތް ތިބާޢަށް އެބަ ކުރެވޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ދުވަހުގެ ކާމިޔާބީ ގުޅިފައިވާ ހަތަރު ރަކްޢަތް ތިބާޢަށް އެބަ ކުރެވޭތަ؟

އަދަބުހެން އެންމެ ގިނައިން މިދެއްކެނީ އެއްވާހަކައެކެވެ. އެއީ ކާމިޔާބަށް އެދޭ މީހާ ފުރަތަމަ ކަމަކަށްވެސް ﷲ ތަޢާލާގެ އެންގެވުންތަކަށް ބޯލެނބުމުގެ ވާހަކައެވެ. ވަކިކަމެއްގައެއް ނޫނެވެ. ކޮންމެ ކަމެއްގައިވެސްމެއެވެ.  

އެމީހަކު އެދުވަހަކު ޙާޞިލްކުރަން ބޭނުންވާ ކަންކަން ކާމިޔާބުވުމަށް އެދޭމީހާ 4 ރަކްޢަތުން ދުވަސްފަށާށެވެ! ދުވާލުގެ ކުރީކޮޅުގައި 4 ރަކްޢަތް ކުރާށެވެ. އެއިރުން އެމީހާގެ ބޭނުންތައް ﷲ ތަޢާލާ ހިންމަވައިދެއްވަވާނެވެ. އިން ޝާ ﷲ  

Bismillaah:ُ Nu'aim bin Hammar رضي الله عنه relates : I heard the Messenger of Allaah صلى الله عليه وسلم say that Allaah عزوجل said: "O son of Adam! Don't be prevented [deprived] from four Rak'ahs in the first part of your day, for [if you do so] I will take care of the latter part “Son of Adam perform four Rak’at for Me in the beginning of the day; they will suffice you for the latter part of the day.” Takhreej: { Imam Abu Dawud in his Sunnan#1291, Ahmad in his Musnad 2/235 and graded as Saheeh by Ibn Hibban, Abu Taahir and others } 

މި ޙަދީޘްފުޅުގައިވާ ރަކްޢަތް ބައެއް ޢިލްމުވެރިން މާނަކުރައްވަވަނީ ފަތިސް ނަމާދުގެ އިޙުސުންނަތާއި ޟުޙާ ނަމާދުކުރުން މި 4 ރަކްޢަތުގައި ހިމެނިގެންވާ ކަމަށެވެ. އެއީ އެބޭކަލުންގެ ރަޢުޔެވެ.

ހަމައެއާއިއެކު ފަތިސްނަމާދުގެ އިހުސުންނަތުގެ 2 ރަކްޢަތަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު 2 ރަކްޢަތެވެ. އަދި ފަތިސް ނަމާދުން ދުވަސްފެށުމަކީ އެމީހަކު އެދުވަހު ކުރާ މަސައްކަތުގައި ބަރަކާތް ލައްވަވާނެ ކަމެކެވެ. ވީމާ ދުވަސް ފަށަން ފުރަތަމަ ކުރަން އޮތް ކަމަކީ މި 4 ރަކްޢަތް ކުރުމެވެ. ހަމަ އެއާއެކު ޟުޙާނަމާދުގެ ވަޤުތުވުމުން ޟުޙާނަމާދުކުރުމަކީ ފައިދާ އިތުރުވެގެންދާނެ ކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން