ކުޑަކަމުދިއުން ކިޔަސް އެއީ ކުޑަކަމެއް ނޫން! ފަރުވާކުޑަކުރުމަކީ ކައްވަޅުގަ ގިނަ ބައަކަށް ޢަޛާބް ދެއްވަވާ ބޮޑު ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 11މ 17ސ
ކުޑަކަމުދިއުން ކިޔަސް އެއީ ކުޑަކަމެއް ނޫން! ފަރުވާކުޑަކުރުމަކީ ކައްވަޅުގަ ގިނަ ބައަކަށް ޢަޛާބް ދެއްވަވާ ބޮޑު ކަމެއް!

ދެންފަހެ މި مَسْأَلَة ގައި ކަދުރު ރުކުގެ ރޯއޮށްޓެއް ދެފަޅިއަށް ފަޅުއްވާލައްވާފައި އެއްމަހާނަމަތީގައި އެއްބައި، އަނެއް މަހާނަ މަތީގައި އަނެއްބައި ޖެއްސެވިކަން ސާބިތުވާއިރު، ކަށްވަޅުގެ أَهْلُ ވެރީންގެ ތެރެއިން ކަށްވަޅުގެ عَذَاب ދެއްވެނީކަން އިތުރު އެކަލޭގެފާނަށް އެނގިވަޑައިގެންނެވި، ކަށްވަޅެއްގެ أَهْلُ ވެރިއެއްގެ މަހާނައެއް ފިޔަވައި އެހެނިހެން މަހާނަތަކުގައި ކަދުރު ރުކުގެ ރޯއޮށްޓެއްގެ އެތިކޮޅެއް ޖެއްސެވިކަން ثَابِتُ ނުވާކަމަށްޓަކައި، މި عَمَلُ ފުޅުގެ حُكُم އަކީ خَاصَّ حُكُمْ އެއްކަމަށާއި، عَامُّ حُكُمْ  އެއްނޫން ކަމަށް عِلْمُ ވެރިން  ބުރަވެ(1) ވަޑައި ގަންނަވައެވެ. 

އަދި ކިއެއްތަ؟ އެއަށްފަހު خُلَفَاءُ الرَّاشِدُ ންނާއި ، أَصْحَابُ ންގެ ތެރެއިން ކުރިޔަށް ތިއްބެވި ބޭކަލުން ވެސް މަހާނަމަތީގައި ރޯއެތިކޮޅެއް ޖެއްސެވިކަން ثَابِت އެއްނުވެއެވެ. ނަމަވެސް بُرَيْدَةُ الْأَسْلَمِىُّ އެކަލޭގެފާނުގެ މަހާނަމަތީގައި ކަދުރު ރުކުގެ ރޯއޮށީގެ ދެއޮށި ޖެއްސެވުމަށް وَصِيَّة ކުރެއްވިކަން ثَابِت ވެއެވެ. ވީމާ، އެއީ خَاصَّ ހުކުމެއް ނޫންކަމާއި، އެއީ عَامُّ حُكُمْ އެއްކަން بُرَيْدَةُ الْأَسْلَمِىُّ ދެކެވަޑައިގަންނަވާ ކަހަލައެވެ. އެއީ بُرَيْدَةُ الْأَسْلَمِىُّ ގެ إِجْتِهَاد އެއް ކަމަށް ވެދާނެއެވެ. ނަމަވެސް إِجْتِهَادُ ބައެއްފަހަރު ކުށްވެދެއެވެ. އަނެއްބައި ފަހަރު ރަނގަޅު ވެދެއެވެ.

_____________________________

(1)          ބައްލަވާ: فتج البارى  223- 222/ 3

1-              

عَنْ اَبِى هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ قَالَ :  اَكْثَرُ عَذَابِ الْقَبْرِ فِيْ الْبَوْلِ (1)  

މި حَدِث ގެ މާނައަކީ، النَّبِيُّ صَلَّى اللهُ عَلَيْهِ وَعَلَى آلِهِ  وَصَحْبِهِ وَسَلَّمَ حَدِيث ކުރެއްވި އެވެ. އެންމެގިނައިން ކަށްވަޅުގެ عَذَاب ދެއްވަނީ ކުޑަކަމު ގޮސްފައި އެނަޖިހުން طَاهِرُ ނުވުމާއި، އެ ނަޖިހަށް ރައްކާތެރި ނުވުމުގެ ސަބަބުންނެވެ.  

2-             عَنْ ابْن شِهَابٍ أَخْبَرَنِى عُرْوَةُ بُنُ الزُّبَيْرِ أَنَّهُ سَمِعَ أَسْمَاءَ بِنْتِ اَبِى بَكْرٍ رَضِيَ اللهُ عَنْهُمَا تَقُوْلُ قَامَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ خَطِيْبًا فذَكَرَ فِتْنَةَ الْقَبْرِ الَّتِى يَفْتَتِنُ فِيْهَا الْمَرْءُ فَلَمَّا ذَكَرَ ذَالِكَ ضّجَّ الْمُسْلِمُوْنَ ضَجَّةً (2)

މި حَدِيث ގެ މާނައަކީ ، اِبنُ شِهَابގެ އަރިހުން ރިވާވެގެންވިއެވެ. عُرْوَةُ بُنُ الزُّبَيْرِ ތިމަންނާއަށް خَبَر ދެއްވިއެވެ. ހަމަކަށަވަރުން أَسْمَاءَ بِنْتِ اَبِى بَكْرٍ رَضِيَ اللهُ عَنْهُمَا ވިދާޅުވާތީ، އެކަލޭގެފާނު އެއްސެވިކަމަށެވެ. رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ތެދުވެ ވަޑައިގެން ހުންނަވާ خُطْبَة ވިދާޅުވަމުން ކަށްވަޅުގައި އިންސާނާ އަށް ހުށަހެޅޭ ކަށްވަޅުގެ إِمْتِحَان  ގެ ވާހަކަ ވިދާޅުވެ ދެއްވިއެވެ. ފަހެ އެވާހަކަ އިތުރު އެކަލޭގެފާނު ވިދާޅުވީހިނދު مُسْلِم ންނަށް ހަމަކަށަވަރުން އަޑުފުޅު ވީއްލަވައި ކީރިތި ކުރެއްވުނެވެ. 

3-             عَنْ أَبِى هُرَيْرَةَ رَضِىَ اللهُ عَنْهُ قَالَ: كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَدْعُوْ: اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ اَلْقَبْرِ , وَمِنْ عَذَابِ النَّارِ وَمِنْ فِتْنَةِ اَلْمَحْيَا وَالْمَمَاتِ , وَمِنْ فِتْنَةِ اَلْمَسِيحِ اَلدَّجَّالِ (1) 

________________

(1)          رواح أحمد

(2)          رواح البهاري

(1)          رواح البهارى 

މި حَدِيْث ގެ މާނައަކީ، ﷲ ރުއްސުންލެއްވި أَبُو هُرَيْرَة ގެފާނު ވިދާޅުވި އެވެ. رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ މިފަދައިން دُعَاء ކުރައްވައެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން ކަށްވަޅުގެ عَذَاب ންނާއި، ނަރަކައިގެ عَذَاب ން މުއްތި ކުރެއްވުން އެދި، އިބަ ﷲ ގެ ރައްކައުތެރި ކަން މިއަޅާ ލިބިގަންނަމެވެ. އަދި ދިރިހުރުމުގެ فِتْنَة އިންނާއި، މަރުވުމުގެ فِتْنَة އިން މުއްތި ކުރެއްވުން އެދި، އިބަ ﷲ ގެ ރައްކައުތެރިކަން މިއަޅާ ލިބިގަންނަމެވެ.  އަދި الْمَسِيْحُ الدَّجَّالُ ގެ فِتْنَة އިންވެސް މެއެވެ.   

މި حَدِيْث ގެ މާނައަކީ، نَافِعُ  ގެފާނުގެ އަރިހުން ރިވާވެގެން ވިއެވެ. އެދެބަފައިކަލުންނަށް މާތް ﷲ ރުއްސުންލެއްވި عَبْدُ اللهِ بْنُ عُمَرُ  ގެ އަރިހުން ރިވާވެގެންވިއެވެ. رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ حَدِيث ކުރެއްވި އެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން މީހަކު މަރުވެއްޖިއްޔާ، ހެނދުނާއި ހަވީރު އޭނާގެ مَقَامُ އޭނާއަށް ހުށަހެޅެއެވެ. ސުވަރުގޭގެ أَهْلُ ވެރީންގެ ތެރެއިންވާ މީހެއް ނަމަ، ސުވަރުގޭގެ أَهْلُ ވެރީންގެ ތެރެއިން އޭނާއަށް ހުރި مَقَامُ އެވެ. ނަރަކައިގެ أَهْلُ ވެރީންގެ ތެރެއިންވާ މީހެއްނަމަ، ނަރަކައިގެ أَهْلُ

ވެރީންގެ ތެރެއިން އޭނާއަށް ހުރި ޖާގައެވެ. ފަހެ އޭނާއަށް ބުނެވޭ ހުއްޓެވެ. މިއީ ކަލޭގެ ޖާގައެވެ. އެއީ قِيَامَة ދުވަހުން ކަލެއަށް ހުރި ތަނަށް ﷲ ، ކަލޭ ފޮނުއްވައިފުމަށް ދާނދެނެވެ.

 

- އަލްއުސްތާޛް އާދަމްނަސީމު  ހ. ޕޫނަމް (ބިއޭ ނަސީމް) ލިޔުއްވާފައިވާ މަރުވުމަށްފަހު ވާނީ ކިހިނެއް! (ބަރުޒަޚްގެ ޢާލަމް) ފޮތުން

މިއަދު އޮންލައިން