ހަނދާންކުރާތި! ދަތިޙާލުގަ ތިބާ އުޅުނުއިރު ތިބާއާއެކު ހުރި އަނބިމީހާއަކީ ﷲ ތިބާއަށްޓަކާ ފޮނުއްވެވި އަންހެނެއް! އޭނާ ބާކިކޮށްފިނަމަ ލިބޭނެދެރަ ވަރަށް ބޮޑުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ހަނދާންކުރާތި! ދަތިޙާލުގަ ތިބާ އުޅުނުއިރު ތިބާއާއެކު ހުރި އަނބިމީހާއަކީ ﷲ ތިބާއަށްޓަކާ ފޮނުއްވެވި އަންހެނެއް! އޭނާ ބާކިކޮށްފިނަމަ ލިބޭނެދެރަ ވަރަށް ބޮޑުވާނެ!: މުފްތީ މެންކް

ތިބާގެ ރީތިކަމަށް ތަޢްރީފްކުރާ އަނބިންވެސްތިބޭނެއެވެ. ތިބާއަށް ލިބޭ ކުރިއެރުމަށް އުފާކުރާނެ އަނބިންވެސް ތިބޭނެއެވެ. އެކަމަކު އެވަރަކުން އަދި ނުފުދެއެވެ. އެއީ ޙަޤީޤީ ލޯބިވުމަކަށްނުވެދާނެއެވެ.  

އެކަން އެނގޭނީ ތިބާއަށް ނިކަމެތި ޙާލެއްގައި އުޅެން ޖެހިއްޖެނަމައެވެ. އަތްމަތި ހުސްވެ ފަޤީރުވެއްޖެނަމައެވެ. އެއިރު ނުވަތަ އެޙާލަތުގައިވެސް ތިބާއަށް ތަޢްރީފްކޮށް ކުރިން ދިންގޮތަށް ލޯބިދީގެން އެކުގައި އުޅޭނަމައެވެ. މިއަދު މަދުވެގެން މިއުޅެނީ އެބާވަތުގެ އަނބިންނެވެ.  

ތިބާ ނިކަމެތިޙާލުގައި ހުއްޓައި ބަލައިގަނެ ކައިވެނިކޮށްފިނަމަ އަދި ތިބާއަށް ދެރަ ނިކަމެތި ގޮތެއް މެދުވެރިވުމުން ތިބާއާއިއެކު ކުރިންވެސް ހުރި ގޮތަށް ޘާބިތުވެ ހުރެއްޖެނަމަ އެއީ ތިބާއަށްޓަކައި ﷲ ތަޢާލާ ދެއްވެވި އަންތބެކެވެ. އެފަދަ އަންތބަކު ނިކަމެތިކޮށް ބާކީކޮށްފިނަމަ އެމީހަކަށް ވަރަށް ދެރަ ނިކަމެތިގޮތްތައް ކުރިމަތިވާތަން އަބަދުވެސް މިދަނީ ފެންނަމުންނެވެ.  

އެއީ ﷲ ތަޢާލާ ތިބާއަށް ދެއްވެވި ބޮޑު ރަޙްމަތަށް ޝުކުރުވެރިނުވީތީއެވެ. ވަޙީބަސްފުޅުގައި އޮތީ ޝުކުރުވެރިވާއަޅުންނަށް ނިޢުމަތްތައް އިތުރުކޮށްދެއްވަވާނެ ކަމަށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން  

- މިއަދުނޫސް

މިއަދު އޮންލައިން