މަރުވެ ވަޅުލެވުމުން ހަންމުށިން ޖައްސަވާނެ ބާރުމިން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 11މ 10ސ
މަރުވެ ވަޅުލެވުމުން ހަންމުށިން ޖައްސަވާނެ ބާރުމިން-

އެހިނދު ކަނު، ބީރު، މަންމަން ބޭކަލަކު އޭނާއަށްޓާކައި ފާޅުކުރައްވާނެއެވެ. ( އެބަހީ، އެބޭކަލަކު ފެނުމުންވެސް ބިރުގަންނަ ބާވަތެއްގެ ބޭކަލެކެވެ. ) އެބޭކަލެއްގެ އަތްޕުޅުގައި ބޮޑު ދަގަނޑު ހަންމުއްޓެއް ވެއެވެ. އެހަންމުށީން ބޮޑުފަރުބަދަ އެއްގައި ޖެއްސެވިޔަސް އެފަރުބަދައެއް  ކުދިކުދިވެ، ވެއްޔަށް ވެގެން ހިގައިދާ ހުއްޓެވެ. އެބޭކަލަކު އެ مَيِّت އާގެ ގައިގައި އެހަންމުށީން  ޖައްސަވާނެއެވެ. ޖެއްސެވުމާއެކު އޭނާ ކުދިކުދިވެ ވެއްޔަށް ވެގެން ހިގައިދާނެއެވެ. ﷲ އޭނާގެ ކުރީގެ حَالَة އަށް ބަދަލު ކުރައްވާނެއެވެ. ދެން އަނެއްފަހަރު  އެބޭކަލަކު އޭނާގެ  ގައިގައި ޖައްސަވާފާނެއެވެ. އެހިނދު، އޭނާ ވަރަށް ބާރަށް ހަޅޭއްލަވައިގަންނާނެ އެވެ. އިންސީންނާއި، ޖިންނީން ފިޔަވައި ކޮންމެ مَخْلُوْق އަކަށްވެސް އެއަޑު އިވޭނެއެވެ. ދެން، ނަރަކައާއި ދިމާއިން ދޮރެއް ހުޅުވި، އަދި އަލިފާނުގެ ތަންމަތީން އޭނާއަށް ތަންމަތި ތައްޔާރު ކުރެވޭހުއްޓެވެ. اهـ) އޭނާ دُعَاء ކުރާނެއެވެ. މިއަޅާގެ ވެރި ރަސްކަލާކޮ! قِيَامَة ނުކުރައްވާނދޭވެ! މިއެވެ.  

ހައްދަވާ ބޮޑުކުރެއްވި އޯގާވަންތަ ރަސްކަލާކޮ! ކަށްވަޅުގެ عَذَابُ ންނާއި، ނަރަކައިގެ عَذَابُ ން އަޅަމެން ދިންނަވާފާނދޭވެ! އަދި ސުވަރުގޭގެ أَهْلُ ވެރީން ކަމުގައި އަޅަމެން ލައްވާފާނދޭވެ! بِرَحْمَتِكَ يَا أَرْحَمَ الرَّاحِمِيْنَ وَصَلَّى اللهُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْنَ،  

އިސްވެދިޔަ حَدِيث އަކީ صَحَّ حِدِيث އެއްކަމަށް حَدِيْث عِلْم ގައި ކުރިޔަށް ތިއްބެވި ބޭކަލުން ކަނޑައަޅުއްވާފައި ވެއެވެ.   

أَهْلُ السُّنَّةِ وَالْجَمَاعَةِ ގެ عِلْم ވެރިން، إِتِّفَاق ވެފައިވަނީ، ކަށްވަޅުގެ ثَوَاب އާއި، ކަށްވަޅުގެ عَذَاب އަކީ ثَابِت ވާކަމެއް ކަމަށެވެ. މި حَقِيْقَة އާ އިންކާރު ކުރަނީ މަގުފުރެދިފައިވާ މީހުންނާއި، މަގުފުރައްދަން މަސައްކަތް ކުރާ މީހުންނެވެ.  

ކަށްވަޅުގެ عَذَاب އަކީ، ކީރިތި قُرْآن ންނާއި، ކީރިތި رَسُول އާގެ سُنَّة ން ثَابِت ވާކަމެކެވެ. الله وَحِى ކުރައްވާފައި ވެއެވެ. سَنُعَذِّبَهُمْ مَرَّتَيْنِ ثُمَّ يُرَدُّوْنَ إِلَى عَذَابٍ عَظِيْمْ  (101) (1) މާނައަކީ " ތިމަންރަސްކަލާނގެ އެބައިމީހުންނަށް ދެފަހަރު މަތީން عَذَاب ދެއްވާހުށީމެވެ. ދެން އެއަށްފަހު ބޮޑުވެގެންވާ عَذَاب ގެ ތެރެއަށް އެބައިމީހުން ރައްދު ކުރެއްވޭހުއްޓެވެ. " މިއެވެ. މި آية  ގައިވާ ދެފަހަރުންކުރެ އެއްފަހަރަކީ، مُنَافِق ންނަށް ހުރި ކަށްވަޅުގެ عَذَاب ކަމަށް تَفْسِيْرُ عِلْمُ ވެރީންގެ ތެރެއިން إبْنُ عَبَّاس رَضِيَ اللهُ عَنْهُمَا (1)   އާއި، އެނޫން ބޭކަލުން ވިދާޅުވެފައި ވެއެވެ. ފުރަތަމަ ފަހަރުގެ عَذَاب އަކީ، ދުނިޔެމަތީގައި އެ مُنَافِق ން  ބޭޒާރު ކުރައްވައި فَضِيْحَة ކުރެއްވުމެވެ. މިދެ عَذَاب އަށްފަހު، آخِرَة ދުވަހުން އެބައިމީހުންނަށް ހުރީ ނަރަކައިގެ عَذَاب ކަން މި آية ން ثَابت ވެއެވެ. އަދި މިނޫން آيَة ތަކުންވެސް މިކަންތައް  ثَابت ވެއެވެ.

_______________________________

(1)          سورة التوبة : 101 ވަނަ آية ން

(1)          تفسير ابن كثير 

އެއީ صَحَّ حَدِيْث އެއް. 

ކަށްވަޅުގެ عَذَاب އާބެހޭގޮތުން اَلْبَرَاءُ بْنُ عَازِب رَضِيَ اللهُ عَنْهُ  ގެ އަރިހުން ރިވާވެފައިވާ އިސްވެދިޔަ حَدِيث އަކީ، صَحَّ حَدِيث އެއްކަމަށް دَلِيْل ކުރާ حَدِيْث ތައް صَحَّ سَنَدُ ން ރިވާވެގެން ވެއެވެ. މިދެންނެވިފަދަ حَدِيْث ތަކުގެ ތެރެއިން ބައެއް حَدِيْث ތައް މާނައާއެކު ތިރީގައި މިވަނީ އެވެ.

1-             عَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ: مَرَّ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَلَى قَبْرَيْنِ فَقَالَ: أَمَّا إِنَّهُمَا لَيُعَذَّبَانِ ، وَمَا يُعَذَّبَانِ فِي كَبِيْرٍ، أَمَّا أَحَدُ هُمَا فَكَانَ يَمْشِىْ بِالنَّمِيْمَةِ وَأَمَّا الْآخَرُ فَكَانَ لاَ يَسْتَتِرُ مِنْ بَوْلِهِ ، قَالَ فَدَعَا بعَسِيْبٍ رَطْبٍ فَشَقَّهُ بِثْنَيْنِ ثُمَّ غَرَسَ عَلَى هَذَا وَاحِدً وَعَلَى هَذَا وَاحِدًا ثُمَّ قَالَ لَعَلَّهُ أَنْ يُخَفِّفَ عَنْهُمَا مَالَمْ يَيْبَسَا (رَوَاهُ مُسْلِمٌ )

މި حَدِيْث ގެ މާނައަކީ، ﷲ އެދެބަފައި ކަލުންނަށް ރުއްސުންލެއްވި اِبْنُ عَبَّاس ގެފާނު ވިދާޅުވިއެވެ. سَلاَم  އާއި صَلَوَات ލެއްވި رَسُولُ اللهِ ގެފާނު ދެކަށްވަޅެއްގެ ކައިރިން

ވަޑައިގަންނަވަމުން حَدِيْث  ކުރެއްވި އެވެ. " ދަންނާށެވެ! ހަމަކަށަވަރުން އެދެމީހުންނަށް ކަށްވަޅުގެ عَذَاب ދެއްވެނީ އެވެ. އެދެމީހުންނަށް عَذَاب ދެއްވެނީ މާބޮޑު ކަމަކާ ލައިގެންނެއްނޫނެވެ. ދަންނާށެވެ! އެދެމީހުންކުރެ އެކަކީ، ދެބައޮޑުވަމުން ހިގައިއުޅުނު މީހެކެވެ. ދަންނާށެވެ! އަނެކަކީ ކުޑަކަމުދާއިރު، އެނަޖިހަށް ރައްކައުތެރިނުވެ އުޅުނު މީހެކެވެ. اِبْنُ عَبَّاس ގެފާނު ވިދާޅުވިއެވެ. ފަހެ، ކަދުރު ރުކުގެ ރޯ އޮށްޓެއް ގެންނާން حَدِيث ކުރެއްވިއެވެ. ފަހެ އިތުރު އެކަލޭގެފާނު، އެއޮށި ދެފަޅިއަށް ފަޅުއްވާލައްވާ ފައި އެއް މަހާނަމަތީގައި އެއްބައި، އަދި އަނެއްމަހާނަ މަތީގައި އަނެއްބައި ޖައްސަވައިފި އެވެ. އެއަށްފަހު حَدِيث ކުރެއްވިއެވެ. މިދެބައި ހިކިގެންނުގޮސް ހުންނަ مُدَّة ގެ ތެރޭގައި އެދެމީހުންނަށް عَذَاب ލުއިކުރެއްވުމަށް أُمِّيْدُ ކުރައްވަމެވެ. " މިއެވެ.  

اَلْإِمَامُ الْبُخَارِى ވެސް އިސްވެދިޔަ حَدِيْث ނެރުއްވާފައި ވެއެވެ. މި حَدِيث ގައިމިވާ " لاَ يَسْتَتِر" މި لَفْظُ  ތިންގޮތަކަށް ވާރިދުވެފައި ވެއެވެ. (1) لاَيَسْتتِرُ (2) لاَ يَسْتَنْزِهُ (3) لاَ يَسْتَبْرِئُ މިއެވެ. މާނައަކީ ކުޑަކަމުދާއިރު، ނަޖިހަށް ރައްކައުތެރި ނުވުމެވެ. ކުޑަކަމުދާއިރު ނަޖިހަށް ރައްކައުތެރި ނުވުމޭ ބުނެވުނު ބަހުގެ މުރާދަކީ، ކުޑަކަމު ގޮސްފައި اِسْتِبْرَاءُ ނުކުރުމާއި، ކުޑަކަމު ދާއިރު ބުރައިގެންދާ، ތިކިތަކުން ރައްކައުތެރި ނުވުމާއި، اِسْتِنْجَاء ނުކުރުން، ނުވަތަ اِسْتِجْمَارُ ނުކުރުންފަދަ ކަންކަމެވެ.   

- އަލްއުސްތާޛް އާދަމްނަސީމު  ހ. ޕޫނަމް (ބިއޭ ނަސީމް) ލިޔުއްވާފައިވާ މަރުވުމަށްފަހު ވާނީ ކިހިނެއް؟ (ބަރުޒަޚްގެ ޢާލަމް) ފޮތުން-

 

 

މިއަދު އޮންލައިން