ސަރުކާރުން އެޅުއްވި މުހިއްމު ފިޔަވަޅުތަކާއެކު ފަތުރުވެރިކަމުގެ މިސްރާބު މިހާރު ވަނީ ރަނގަޅުވެފަ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ސަރުކާރުން އެޅުއްވި މުހިއްމު ފިޔަވަޅުތަކާއެކު ފަތުރުވެރިކަމުގެ މިސްރާބު މިހާރު ވަނީ ރަނގަޅުވެފަ: ވަޒީރު

ސަރުކާރުން އެޅުއްވި މުހިއްމު ފިޔަވަޅުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ މިސްރާބު މިހާރު ރަނގަޅުވެފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރާއްޖެއަށް އައި 1 މިލިޔަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމަށް ބޭއްވި ހަރަކާތަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުން މިއަހަރު ފެށީ ރާއްޖެއަށް 2.5 މިލިޔަން ފަތުރުވެރިން ގެނައުމުގެ އަމާޒާއެކުގައި ކަމަށެވެ. ނަމަވެސް މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ދަތުރުފަތުރަށް އައި ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އައުން މަދުވިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އެ ދަނޑިވަޅުގައި ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން މިހާރު މިސްރާބު ހުރީ ރަނގަޅު މަގަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ އަމާޒުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "2.5 މިލިޔަނާ ހަމައަށް ނުދެވުނުނަމަވެސް މިދިޔަ އަހަރުގެ ޓާގެޓް 2.24އާ ހަމައަށް ދެވުމަކީވެސް ބޮޑު ކާމިޔާބީއަކަށް ވާނެ" ކަމަށެވެ. މިއީ ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކުގެ ތެރެއިންވެސް ހޯދޭނެ މުހިއްމު ކުރިއެރުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މިއަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހުގެ ތެރޭގައި ސަރުކާރާއި މިދާއިރާގައި މަސައްކަތް ކުރާ އެހެނިހެން ފަރާތްތަކާ ގުޅިގެން އެއާލައިންތައް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ވަޒީރު ހާމަކުރެއްވިއެވެ. ރާއްޖެއަށް އަންނަ ރޫޓްތަކަށް އިތުރު ރޫޓްތައް ހަމަޖައްސައި، އިތުރު އެއާލައިންތައް ގެނައުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ މިއަދު ފެންނަމުންދާ ކަމަށްވެސް ވަޒީރު އަމީން ވިދާޅުވިއެވެ.

މިއަދު އޮންލައިން