ކައްވަޅުގައި ދެއްވަވާ ޢަޛާބުގެ ވާހަކަ ދެއްކުމުން ބައެއް މީހުން ކުރާ ސުވާލުތަކަށް ޖަވާބުދޭން މަސައްކަތްކުރާނަމެވެ. އެމީހުން ސުވާލުތައް އެކުރަނީ އެކަންކަން ނުއެނގޭތީއެވެ. އެނގުމުން ގިނަ ބައަކު ޢަމަލުތައް އިޞްލާޙްކުރެއެވެ. ޢަޛާބުން ސަލާމަތްވުމަށް މަސައްކަތްކުރެއެވެ. މުސްލިމުންގެ ގޮތަކީ އެއީއެވެ.
ކައްވަޅުގައި ޢަޛާބު ލިބުން ޙައްޤުވާ މީހުންނަށް ޢަޛާބު ދެއްވަވާނެކަން ޤަބޫލުކުރަންޖެހޭނެއެވެ. ޝައްކުވާނަމަ އޮތީ ޙަދީޘްފުޅުތައް ދަސްކުރުމެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ﷲ ތަޢާލާވަނީ ހުވަފެންފުޅުގައާއި އަދި ހޭފުޅުލައްވަވައި ހުންނަވަނިކޮށްވެސް އެތައްގޮތަކުން ކައްވަޅުގައި ލިބޭ ޢަޛާބު ދައްކަވައިފައެވެ. އަދި މިޢުރާޖްގެ ދަތުރުފުޅުގައިވެސް ވަނީ ދައްކަވައިފައެވެ. އެކަން ޙަދީޘްފުޅުތަކުން އެހުރީ ދިމާއަށް ފެންނާށެވެ.
ގިނަ ބައަކު ދަންނާނެ ޙަދީޘްފުޅެއް ފާހަގަކޮށްލާނަމެވެ. ޤަބުރުސްތާނަކުން ވަޑައިގަންނަވަމުން ކައްވަޅުގައި ޢަޛާބު ލިބެމުންދިއަ ދެމީހެއްގެ ވާހަކަ ބަޔާންކުރެއްވެވި ޙަދީޘްފުޅެވެ. އެތަނުން މަހާނައެއްގައި ރޯއޮށިކޮޅެއް ޖައްސަވައި އެމިލަންދެން ޢަޛާބު ލުއިކޮށްދެއްވެވުމަށް އުންމީދުކުރައްވަވާކަން ބަޔާންކުރެއްވެވި ޙަދީޘްފުޅެވެ.
ޞަޙީޙް ބުޚާރީގެ 1361 ނަންބަރު ޙަދީޘް ބައްލަވާށެވެ!
Narrated Ibn `Abbas:
The Prophet (ﷺ) once passed by two graves, and those two persons (in the graves) were being tortured. He said, "They are being tortured not for a great thing (to avoid). One of them never saved himself from being soiled with his urine, while the other went about committing slander (to make enmity between friends). He then took a green leaf of a date-palm tree split it into two pieces and fixed one on each grave. The people said, "O Allah's Messenger (ﷺ)! Why have you done so?" He replied, "I hope that their punishment may be lessened till they (the leaf) become dry."
ހަމައެއާއިއެކު ކައްވަޅުގައި ދެއްވަވާ ޢަޛާބުގެ އަޑު އިވިއްޖެނަމަ މީހުން ވަޅުނުލައިﷲާނެކަމުގެ ބިރުފުޅު ނެތްނަމަ އެއަޑު މީސްތަކުންނަށް އިއްވަވައިދެއްވެވުން އެދިވަޑައިގެން ދުޢާކުރެއްވެވީސް ކަމަށް އޮތް ޙަދީޘްފުލަކީވެސް މަޝްހޫރު ޙަދީޘްފުޅެކެވެ. ކައްވަޅުގައި ދެއްވަވާ ޢަޛާބުގެ އަޑު އިންސާނުންނާއި ޖިންނިން ނޫން އެހެން އެއްޗެއްސަށް އިވޭނެކަމަށް އޮންނަ ޙަދީޘްފުޅަކީވެސް މަޝްހޫރު ޙަދީޘްފުޅެކެވެ.
ޞަޙީޙް ބުޚާރީގެ 1338 ވަނަ ޙަދީޘްފުޅު ބަލާށެވެ!
Narrated Anas:
The Prophet (ﷺ) said, "When a human being is laid in his grave and his companions return and he even hears their foot steps, two angels come to him and make him sit and ask him: What did you use to say about this man, Muhammad ? He will say: I testify that he is Allah's slave and His Apostle. Then it will be said to him, 'Look at your place in the Hell-Fire. Allah has given you a place in Paradise instead of it.' " The Prophet (ﷺ) added, "The dead person will see both his places. But a non-believer or a hypocrite will say to the angels, 'I do not know, but I used to say what the people used to say! It will be said to him, 'Neither did you know nor did you take the guidance (by reciting the Qur'an).' Then he will be hit with an iron hammer between his two ears, and he will cry and that cry will be heard by whatever approaches him except human beings and jinns."
މިހާސާފުކޮށް އެނގެން އޮތް ކަމެއްގައި ކައްވަޅުގައި ޢަޛާބު ނުދެއްވަވާނެ ކަމަށް ޤަބޫލުކުރުމެއް ނެތެވެ. ޤިޔާމަތް ދުވަހު ﷲ ތަޢާލާ މީސްތަކުންގެ ޙިސާބު ބައްލަވަނީ އޭނާކުޅަ ޢަމަލުތައް ދެނެވޮޑިގެންވާއިރުވެސް މެއެވެ. އެއީ އެމީހަކު ކުޅަ ޢަމަލުތައް އެމީހަކަށް ދެއްކެވުމަށެވެ. ނަރަކައަށް ވަންނަންޖެހޭ މީހުން ނަރަކައަށް ވަންނާނީވެސް ކުށަށް އިޢުތިރާފްވާ ޙާލުގައެވެ. އަދި އެމީހުންނަށް ކައްވަޅުގައި ލިބުނު ޢަޛާބަކީ ޙައްޤު ޢަޛާބުކަން ކޮންމެ މީހަކުވެސް ޤަބޫލުކުރާނެތެވެ.
ﷲ ތަޢާލާ އެއްވެސް މީހަކަށް ޙައްޤުނޫން ޢަޛާބެއް ނުދެއްވަވާނެތެވެ. ޢަޛާބު ދެއްވަވާނީ ޙައްޤުވުމުންނެވެ. ޛައްރެއްގެ މިންވަރުންވެސް ބޭއިންޞާފުން އެއްވެސް ކަމެއް ނުކުރައްވަވާނެތެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން