ޢާއިލީ ދިރިއުޅުމާ ޢާއިލީ ގުޅުންތަކަށް ކުރިއެރުން ލިބޭނީވެސް އީމާންކަން ވަރުގަދަކުރެވިގެން! އީމާނަކަން ވަރުކަގަދަކުރެވޭނީ ރިވެތި އަޚްލާޤުން!

ކިޔުމަށް ހޭދަވާނީ 4މ 53ސ
ޢާއިލީ ދިރިއުޅުމާ ޢާއިލީ ގުޅުންތަކަށް ކުރިއެރުން ލިބޭނީވެސް އީމާންކަން ވަރުގަދަކުރެވިގެން! އީމާނަކަން ވަރުކަގަދަކުރެވޭނީ ރިވެތި އަޚްލާޤުން!

ޢާއިޝަތު ރަފާޙް ޢަލީ

 

ޢާއިލީ ގުޅުންތައް ކެނޑެމުންދަނީއެވެ. ދެމަފިރިންގެ ގުޅުންތައް ކެނޑެމުންދަނީއެވެ. ދަރިންނާއި އޮންނަންޖެހޭ ގުޅުންތައްވެސް ކެނޑެމުންދަނީއެވެ. މައްސަލައަކީ އެއްމައްސލައެކެވެ. އީމާންކަން ކުޑަވެ ބަލިކަށިވުމެވެ. އެކަން މެދުވެރިވަނީ ރިވެތި އަޚްލާޤާއި ދުރަށް ދެވޭތީއެވެ. 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. 

((أَكْمَلُ الْـمُؤْمِنِيْنَ إِيْمَاناً أَحْسَنُهُمْ خُلُقاً)) “

މާނައީ: "މުއުމިނުންގެތެރެއިން އީމާންކަން އެންމެފުރިހަމަ ވެގެންވަނީ، އެންމެ އަޚްލާޤު ރަނގަޅުމީހުންނެވެ."

އިސްލާމްދީނުގައި ރިވެތި އަޚްލާޤަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާފައިވެއެވެ. ތެދުވެރިވުމާއި، ޢަދުލުވެރި ވުމާއި، ވަޢުދުތައް ފުއްދުމާއި، އަމާނާތްތެރި ވުމާއި، އިޙްސާންތެރިވުމާއި މިނޫނަސް އިސްލާމްދީނުގައި މުސްލިމެއްގެ ކިބައިގައި ހުންނަން ޖެހޭ، އަޚްލާޤީ ގޮތުން މާތް ސިފަތަކަކީ އެހެން ދީންތަކުގައިވެސް މާތްސިފަތަކެއް ކަމުގައި ބަލައެވެ.  

މީގެ އިތުރުން ވައްކަން ކުރުމާއި، ޒިނޭކުރުމާއި، މީހުން މެރުމާއި، ފޭރުމާއި ރިޝްވަތުގެ ބޭނުން ކުރުމާއި، ހަޑިހުތުރު ބަސްތައް ބުނެއުޅުމާއި، ދޭތެރެ ޖެއްސުމާއި، ހަސަދަވެރިވުމާއި ދޮގުވާހަކަތައް ފެތުރުމާއި، ތަންފަސާދަކޮށް އުޅުމަކީ ރަނގަޅު ކަންތައް ކަމަކަށް ދުވަހަކުވެސް ބަޔަކު ނުދެކޭނެއެވެ. އަދި މުސްލިމް ނޫން މީހުންވެސް އެފަދަ ޢަމަލުތަކަކީ ރަނގަޅު ޢަމަލުތަކެއް ކަމަށް ނުދެނޭނެއެވެ.

ﷲ ތަޢާލާ އަޙްޒާބް ސޫރަތުގެ 35 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

إِنَّ الْمُسْلِمِينَ وَالْمُسْلِمَاتِ وَالْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْقَانِتِينَ وَالْقَانِتَاتِ وَالصَّادِقِينَ وَالصَّادِقَاتِ وَالصَّابِرِينَ وَالصَّابِرَاتِ وَالْخَاشِعِينَ وَالْخَاشِعَاتِ وَالْمُتَصَدِّقِينَ وَالْمُتَصَدِّقَاتِ وَالصَّائِمِينَ وَالصَّائِمَاتِ وَالْحَافِظِينَ فُرُوجَهُمْ وَالْحَافِظَاتِ وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا ‎﴿٣٥﴾‏ 

މާނައީ:  "ހަމަކަށަވަރުން، مسلم ފިރިހެނުންނާއި، مسلم އަންހެނުންނާއި، مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނާއި، ކިޔަމަންތެރި އަޅުވެރި ފިރިހެނުންނާއި، ކިޔަމަންތެރި އަޅުވެރި އަންހެނުންނާއި، ތެދުވެރި ފިރިހެނުންނާއި، ތެދުވެރި އަންހެނުންނާއި، ކެތްތެރި ފިރިހެނުންނާއި، ކެތްތެރި އަންހެނުންނާއި، ބިރުވެތިވާ ފިރިހެނުންނާއި، ބިރުވެތިވާ އަންހެނުންނާއި، صدقات ދޭ ފިރިހެނުންނާއި، صدقات ދޭ އަންހެނުންނާއި، ރޯދަހިފާ ފިރިހެނުންނާއި، ރޯދަހިފާ އަންހެނުންނާއި، އެއުރެންގެ فرج ތައް ރައްކާތެރިކުރާ ފިރިހެނުންނާއި، (އެއުރެންގެ فرج ތައް) ރައްކާތެރިކުރާ އަންހެނުންނާއި، ގިނަގިނައިން اللَّه ހަނދުމަކޮށް ذِكر ކުރާ ފިރިހެނުންނާއި، ذِكر ކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި اللَّه ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ. "(35)

މިއަދު އޮންލައިން