އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް މައުމޫން އާއި ފާރިސް މިނިވަން ކޮށްދިނުމަށް ހައިކޯޓުގައި އެދިއްޖެ

ރައީސް މައުމޫން އާއި ފާރިސް މިނިވަން ކޮށްދިނުމަށް ހައިކޯޓުގައި އެދިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އާއި އެމަނިކުފާނުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވަގުތުން މިނިވަން ކޮށްދޭން އެދި އެބޭފުޅުންގެ ވަކީލުން ހައި ކޯޓުގައި އެދިއްޖެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މިއަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ހައްޔަރުކުރި ރައީސް މައުމޫން ގެ މައްޗަށް އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާއެއް ސާބިތުވެ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ހުކުމެއް އިއްވާފައިވާއިރު ޝަޚްސު އޮޅުވާލުމުގެ ދައުވާއެއް ސާބިތުވެ އެމްޕީ ފާރިސް ގެ މައްޗަށް ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އެމްޕީ ފާރިސް އަށް އިއްވި ޖަލު ހުކުމް އިސްތިއުނާފަށް ކުރިން ހުށަހަޅާފައިވާއިރު ރައީސް މައުމޫންގެ މައްސަލަ އިސްތިއުނާފް ކުރުމުގެ މަސައްކަތް ވެސް އެމަނިކުފާނުގެ ވަކީލުން ގެންދަނީ ކުރައްވަމުންެނެވެ.

ރައީސް މައުމޫނާއި ފާރިސް ގެ ވަކީލުން މިއަދު ހައިކޯޓަށް ހުށަހެޅުއްވީ އެ ދެ މައްސަލައިގެ އިސްތިއުނާފް މައްސަލަ ނިމެންދެން އެ ދެ ބޭފުޅުންގެ ޖަލު ހުކުން ތަންފީޒު ކުރުން ފަސްކޮށްދީ، ބަންދުން މިނިވަން ކުރުމުގެ އަމުރެއް ނެރެ ދެއްވުމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ