ރައީސް މައުމޫން އާއި ސީޕީ އަރީފް ކޯޓަށް ހާޒިރު ކޮށްފި

ކިޔުމަށް ހޭދަވާނީ 48ސ
ރައީސް މައުމޫން އާއި ސީޕީ އަރީފް ކޯޓަށް ހާޒިރު ކޮށްފި
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އާއި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް ވެސް މާފުށީ ޖަލުން މާލެ ގެނެސް، ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފިއެވެ.

އެ ދެ ބޭފުޅުން ވެސް ކޯޓަށް ހާޒިރު މިކުރެވުނީ، އެ ދެ ބޭފުޅުންގެ ބަންދާއިމެދު ގޮތެއް ނިންމެވުމަށެވެ.

ރައީސް މައުމޫނާއި ސީޕީ އަރީފް ގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމް ގެ ދައުވާ އުފުލާފައެވެ.

ސިޔާސީ ހައްޔަރީންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިހާތަަނަށް ނުވަ ބޭފުޅަކު ކޯޓަށް ހާޒިރު ކުރެވިއްޖެ ކަމަށް މައުލޫމާތު ލިބެއެެވެ.

އެގޮތުން އެންމެ ފުރަތަމަ ކޯޓަށް ހާޒިރު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާރިރާގެ މެންބަރު އަބްދުﷲ ރިޔާޒް އެވެ. އެމަނިކުފާނު މިނިވަން ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ސިޔާސީ ހައްޔަރީންގެ ޝަރީއަތް އިންސާފުވެރި ކަމާއެކު ކުރިއަށްދާތީ، އެސަރަޙައްދުގައި ގިނަ އަދަދެއްގެ ރައްޔިތުން އެއްވެފައިވެއެވެ.
މިއަދު އޮންލައިން