އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް މައުމޫން ގޭބަންދަށް ބަދަލު ކުރުމަށް އިއްޔެ މެޑިކަލް ބޯޑުން ނިންމައިފި

ރައީސް މައުމޫން ގޭބަންދަށް ބަދަލު ކުރުމަށް އިއްޔެ މެޑިކަލް ބޯޑުން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ގޭބަންދަށް ބަދަލު ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގެ މެޑިކަލް ބޯޑުން އިއްޔެ ނިންމެވި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މައުމޫން ރީރޯފް މޫވްމެންޓް (އެމްއާރްއެމް) ގެ އިސް ބޭފުޅެއް ކަމުގައިވާ އަބްދުލް އަލީމް އާދަމް "މިއަދު ނޫހަށް" މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރައީސް މައުމޫން ގޭބަންދަށް ދޫކުރައްވަން އިއްޔެ ކަރެކްޝަންސްގެ މެޑިކަލް ބޯޑުން ނިންމެވި ކަމަށެވެ. ނަމަވެސް ކަރެކްޝަންސް އިން ވަކި ގޮތެއް ނުނިންމަވާ ކަމަށް އަލީމް ވިދާޅުވިއެވެ.

"މެޑިކަލް ބޯޑުން އެގޮތަށް ނިންމާފަވަނީ. އެހެން ނަމަވެސް އަދި އެކަމުގެ އެއްވެސް ލިޔުމެއް ކަރެކްޝަންސް އަށް ވެސް ލިބިފައި ނުވާތީ، ބަދަލު ނުކުރެއްވިގެން އުޅެނީ." މައުލޫމާތު ދެއްވަމުން އަލީމް ވިދާޅުވިއެވެ.

އުމުރުންފުޅުން 80 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ރައީސް މައުމޫން ޖަލަށްލާފައިވަނީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އާއި ދެ ބޭފުޅުންގެ ޚިޔާލު ތަފާތު ވުމަށްފަހު އިސްލާހީ މަސައްކަތަށް ރައީސް މައުމޫން ނިކުތުމަށްފަހުއެވެ.

އެމަނިކުފާނު ހައްޔަރު ކުރެއްވީ، އަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށްފަހު އެވެ. ރައީސް މައުމޫންގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އެއްވެސް ކޮށް، އެއްއަހަރާއި ދުވަސްކޮޅެއްގެ ހުކުމެއް ވެސް ކްރިމިނަލް ކޯޓުން އިއްވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ