ރައީސް މައުމޫން ގެ ހުކުމް އިސްތިިއުނާފް ކުރުމުގެ އަޑުއެހުމެއް މިއަދު

ކިޔުމަށް ހޭދަވާނީ 42ސ
ރައީސް މައުމޫން ގެ ހުކުމް އިސްތިިއުނާފް ކުރުމުގެ އަޑުއެހުމެއް މިއަދު
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ގެ މައްޗަށް އިއްވާފައިވާ ހުކުމުް އިސްތިއުނާފް ކުރުމުގެ އަޑުއެހުމެއް މިއަދު ބޭއްވުމަށް ތާވަލު ކޮށްފިއެވެ.

ފުލުހުންގެ ތަހުގީގަށް ފޯނު ނުދެއްވި މައްސަލައިގައި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ރައީސް މައުމޫންގެ މައްޗަށް އިއްވި ޖަލު ހުކުމް އިސްތިއުނާފް ކުރުމުގެ އިތުރަށް ކަފާލާތުގެ ދަށުން އެމަނިކުފާނު ދޫކޮށްދިނުމަށްވެސް ރައީސް މައުމޫންގެ ވަކީލުން ވަނީ ހައިކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.

ރައީސް މައުމޫން ކަފާލާތުގެ ދަށުން ގެއަށް ދޫކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ނުވާތީ، އެމަނިކުފާނުގެ ވަކީލުން ވަނީ އެމައސަލަ ބޭއްވުމަށް ހައިކޯޓުގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފައެވެ.

ކަފާލާތުގެ ދަށުން ރައީސް މައުމޫން ދޫކޮށްދިނުމަށް އެދިފައިވަނީ މިއަހަރުގެ ޖޫން މަހުގައެވެ.
މިއަދު އޮންލައިން