ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ އަޙްމަދުގެ ގޮނޑިވެސް ނުގެއްލޭ ކަމަށް ޙުކުމް ކޮށްފި
ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ އަޙްމަދުގެ ގޮނޑިވެސް ނުގެއްލޭ ކަމަށް ޙުކުމް ކޮށްފި
އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 48 ސިކުންތު
ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ އަޙްމަދުގެ ގޮނޑިވެސް ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން ޙުކުމް ކޮށްފި އެވެ. ހުކުމުގައި ފާހަގަކޮށްފައިވަނނީ ގޮނޑި އަނބުރާ ލިބުނު އެހެން މެންބަރުންގެ މއްސަލަތަކުގައިވެސް ފާހަގަކޮށްފައިވާ ކަންކަމެވެ.
ޢަބްދުﷲ އަޙްމަދުގެ އިތުރުންވެސް ބައެއް މެނަބަރުންގެ މައްސަލަތައް މިއަދު ވަނީ ތވަލުކޮށްފައެވެ.
ޢަބްދުﷲ އަޙްމަދަކީ ޖޭޕީގެ ޓިކެޓުގައި މަޖިލީހަށް އިންތިޚާބުވުމަށްފަހު ޖޭޕީ ދޫކޮށް ޕީޕީއެމް އާއި ގުޅުމަށްފަހު ޕީޕީއެމުންވެސް ވަކިވެފައިވާ މެނަބަރެކެވެ. މައްސަލަ ކުރިމަތިވީ ޕީޕީއެމުން ވަކިވުމުންނެވެ.
ޖޭޕީން ވަކިވެ ޕީޕީއެމް އާއި ގުޅުމުން އެކަން ރައީސް ޔާމީނަށްވީ މެންބަރުން ކުރި "އަޅުކަމަކަށެވެ." ޕީޕީއެމުން ވަކިވުން ވީ މެންބަރުން ކުރި ބޮޑު "ފާފަ"އަކަށެވެ. ރައީސް ޔާމީނު ވަނީ އެކަމުގެ އަދަބެއްގެ ގޮތުން 12 މެންބަރުންނަށް މަޖިލީހަށް ނުވަދެވޭނެ ގޮތް ހެއްދެވުމުގައި އިސްކޮށް ހުންނެވީ ވެސް އެމަނިކުފާނު ކަމަށް ރައްޔިތުންގެ ކުރިމަތީގައި ވިދާޅުވެފައެވެ.
ޚަބަރާއިގުޅޭ އިތުރު ލިޔުންތައް
އަބްދުއްލަތީފް
29 އޮކްޓޯބަރ 2018