އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު
އަޅުގަނޑަކީ 34 އަހަރުގެ އަންހެނަކީމެވެ. ކައިވެންނަށް 7 އަހަރު ފުރިއްޖެއެވެ. 2 ދަރިންވެސް ލިބިއްޖެއެވެ. ނަމަވެސް ފާއިތުވި 7 އަަހަރު ދުވަހުގެ ތެރޭގައި ދުވަހަކުވެސް ފިރިމީހާގެ މޫނުން އެންމެ ފަހަރަކުވެސް ހިނިތުންވުމެއް ނުދެކެވެ. ކޮށްދޭންޖެހޭ ކަމެއް ކޮށްދިން ނަމަވެސް ކަލަ ގޮވައެވެ. އަމުރުކުރަން ނޫނީ ދަރިއަކާއި އަނގައިން ބުނަނީއެއްނޫނެވެ! އަޅުގަނޑަށް ހިނިތުން ނުވާތަނުގައި ދަރިންނަށްވެސް ހިނިތުންވަނީއެއް ނޫނެވެ.
ފާހަގަމިކުރީ މަދު ކަންކަމެވެ. 7 އަހަރުވީއިރުވެސް އާދޭސްކޮށްކޮށްވެސް އެއްވެސް ކަމެއް ބަދަލުނުކުރުމުން މިފަދަ އެތައް ކަމަކަށް ކެތް ނުކުރެވިގެން ވަކިވާން ކޯޓަށް ދިއުމުން ރައްޓެހިން ބުނަނީ އަދިވެސް ކެތްތެރިވުމަށެވެ.
މިއަދުނޫހުގައި ޝާއިޢުކުރާ ދިރިއުޅުމާއިބެހޭ ކަންކަމަށް ކިޔުންތެރިންގެ ވަރަށް ރަނގަޅު ކޮމެންޓްތައް ފެނެއެވެ. އެހެންވެ އަޅުގަނޑުގެ މިހާލަތުގައި ވަރިނުވެ އިނުމާއިމެދު ނުވަތަ އެހެންވެސް ކޮމެންޓެއް ކޮށްލަ ދެއްވުން އެދި ކިޔުންތެރިނެގެ ކޮމެންޓަށް ސުވާލު ހުޅުވައިލަމެވެ.
ސުވާލަކީ: 7 އަހަރުވީއިރު ހިނިތުން ނުވާ، މި ބަޔާންކުރި ސިފަތައްހުރި ފިރިއަކާއެކު ދިރިއުޅެވިދާނެތޯ؟ އެވެ.
- ލީޝާ/ މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
19 ޖޫން 2021