އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޮފީހެއްގަ ވަޒީފާ އަދާނުކުރާނަމަ ޤައުމު ބިނާ ކުރުމުގަ ބައިވެރި ނުވާ، ބޭކާރު ބައެއްގެ ގޮތުގަ ސިފަކުރުމަކީ އެކަނބަލުންނަށް ދެވޭ ބޮޑު އަނިޔާއެއް!

އޮފީހެއްގަ ވަޒީފާ އަދާނުކުރާނަމަ ޤައުމު ބިނާ ކުރުމުގަ ބައިވެރި ނުވާ، ބޭކާރު ބައެއްގެ ގޮތުގަ ސިފަކުރުމަކީ އެކަނބަލުންނަށް ދެވޭ ބޮޑު އަނިޔާއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

ޤައުމަށް ޚިދުމަތްކުރުމުގެ ގޮތުން އަންހެނުން ވަޒީފާ އަދާކުރުމަށް ރާއްޖޭގައި އެއްވެސް ހުރަހެއް ނެތެވެ. އަދި އެއީ ސަރުކާރުން ހިތްވަރުދޭ ކަމެއްވެސްމެއެވެ. ނަމަވެސް ޤައުމު ބިނާކުރަނީ ހަމައެކަނި އޮފީހެއްގައި ނުވަތަ އެނޫންވެސް ތަނެއްގައި ވަޒީފާ އަދާކުރާ އަންހެނުންކަމަށް ބުނުމަކީ ކަމުގެ ޙަޤީޤަތެއް ނޫނެވެ. 

މިފަދަ ވާހަކަތަކުގެ އަޑު ގަދަވަމުން އަންނާތީ މިގެނެސްދެނީ މިކަމާއި ގުޅިގެން ޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެފައިވާ ބަސްފުފުޅެކެވެ. 

ޤައުމު ބިނާ ކުރަން އަންހެނުން ކުރަންޖެހޭ ހަމައެކަނި ކަމަކީ ކޮންމެވެސް އޮފީހެއްގައި މަސައްކަތް ކުރުން ކަމުގައި މާނަ ކުރުމަކީ އޮޅުވާލުމެކެވެ. ޤައުމު ބިނާ ކުރުމުގައި އަންހެނުންގެ ދައުރު ވަރަށް ބޮޑެވެ. އެގޮތުން، ގޭގައި ތިބެގެން ގެ ބަލަހައްޓައި، ދަރިން ބަލަހައްޓައި ހަދާ އަންހެނުންނަކީ އޮފީހެއްގައި މަސައްކަތް ކުރާ އަންހެނަކަށް ވުރެ މާ ބުރަ މަސައްކަތް ކުރާ، އަދި ޤައުމު ބިނާ ކުރުމުގައި މާ ބޮޑު ހިއްސާއެއް އަދާ ކުރާ އަންހެނުންނެވެ. 

އެފަދަ އަންހެނުންނަކީ ޤައުމު ބިނާ ކުރުމުގައި ބައިވެރި ނުވާ، ބޭކާރު ބައެއްގެ ގޮތުގައި ސިފަވާ ގޮތަށް މިއަދު ވާހަކަ ދެކެވުމަކީ އެކަނބަލުންނާއި ދޭތެރޭ ވެވޭ ބޮޑު އަނިޔާއެކެވެ. އިންސާފާއި ހަމަހަމަކަމަށް ގޮވައިލާ މީހުންގެ ފަރާތުން އެފަދަ ކަނބަލުންގެ ދަރަޖައެއް ނެތް ކަމަށް ދޭހަވާ ގޮތަށް ދެކެވޭ ވާހަކައާއި އަގު ވަޒަން ނުކުރުމަކީ ކަނޑައެޅިގެން ވެވޭ ނާއިންސާފެކެވެ.  

އަންހެނުން ދައުރަކީ ހަމައެކަނި މަސައްކަތުގެ (ވަޒީފާގެ) ދާއިރާކަމަށް ކަނޑައަޅައި، އެއީ އަންހެނުންގެ ދައުރު މުޖުތަމަޢުގައި އޮތް މިންވަރު ކިރާ ފާލަކަށް ހެދުމަކީ ކަނޑައެޅިގެން އެއްވެސް ތާނކުންތާކު ނުޖެހޭ މިންގަނޑެކެވެ. 

- ޝައިޚް ޝަފީޢު ޢަބްދުﷲ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް