އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިއްސާރައާ ގުޅިގެން ކަރަންޓު ކެނޑުނު ސަރަހައްދަށް ވަގުތީ ޙައްލެއް ހޯދުމަށް މަސައްކަތް ސްޓެލްކޯ އިން ފަށައިފި

ވިއްސާރައާ ގުޅިގެން ކަރަންޓު ކެނޑުނު ސަރަހައްދަށް ވަގުތީ ޙައްލެއް ހޯދުމަށް މަސައްކަތް ސްޓެލްކޯ އިން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 45 ސިކުންތު

މާލޭގެ ލޮނުޒިޔާރަތްމަގުން ކަރަންޓު ކެނޑި، އެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމަށް ވަގުތީ ހައްލެއް ހޯދުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ފަށައިފިއެވެ.

ސްޓެލްކޯއިން މިއަދު ދިން މައުލޫމާތުގައިވާ ގޮތުން، މިހާރު ކުރިމަތިވެފައިވާ ވިއްސާރައާ ގުޅިގެން ޑިސްޓްރިބިއުޝަން ކޭބަލެއް ޝޯޓްވުމުގެ ސަބަބުން މާލޭ ސިޓީގެ ލޮނުޒިޔާރަތްމަގުގައި ހުންނަ ވީބީ މާޓް ސަރަހައްދުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ. އަދި އެ ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދިނުމަށްޓަކައި ވަގުތީ ކޭބަލެއް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދޭ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. އަދި ވީހާވެސް އަވަހަކަށް މައްސަލަ ހައްލުކޮށް، އެ ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް އަނބުރާ ގެނެސްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު