އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު
މޫސުމަށް އަންނަ ބަދަލުތަކުގެ މައިގަނޑު ސަބަބަކީ އިންސާނުންގެ ޢަމަލުތައްކަން އިންޓަރގަވަރމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައި.ޕީ.ސީ.ސީ) ގެ ހަވަނަ އެސެސްމަންޓް ރިޕޯޓުން ސާފުކޮށް ދައްކުވައިދޭކަމަށް ދުނިޔޭގެ މޫސުމާބެހޭ ޚަބީރުން ވިދާޅުވެއްޖެއެވެ.
އައި.ޕީ.ސީ.ސީ އިން އިއްޔެ ނެރުއްވި މި ރިޕޯޓުގައި ވަނީ ގިނަ ދިރާސާތަކަކުން ހޯދާފައިވާ ހެކިތަކެއް އެއްކުރެވި، ދިރާސާކުރެވިފައެވެ. މި ރިޕޯޓުން ދައްކާގޮތުގައި ފާއިތުވި އަހަރުތަކުގައި މޫސުމަށް އައިސްފައިވާ ބަދަލުތަކުގެ މައިގަނޑު ސަބަބަކީ އިންސާނުންގެ އަމަލުތަކެވެ.
ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އިންސާނުންގެ އަމަލުތަކުގެ ސަބަބުން ޖައްވަށް ދޫކުރެވޭ ވިހަ ގޭސްތަކުގެ މިންވަރު އިތުރުވެ، ދުނިޔޭގެ ހޫނުމިން މައްޗަށް ދިއުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ގަނޑުފަށަލަތައް ވިރުން ފަދަ ކަންކަން ހިނގަމުންދެއެވެ. މިކަންކަމުގެ ސަބަބުން ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރެވެއެވެ.
އައި.ޕީ.ސީ.ސީގެ މި ރިޕޯޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ސައިންޓިސްޓުންނާއި ތަޙުލީލުވެރިން ގުޅިގެން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. މި ރިޕޯޓުގައި ހިމަނާފައިވާ މަޢުލޫމާތުތަކަކީ އެތައް އަހަރެއްގެ ދިރާސާތަކުން ހޯދާފައިވާ ހެކިތަކެއްގެ މައްޗަށް ބިނާކޮށް އެއްކުރެވިފައިވާ މަޢުލޫމާތުތަކެކެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އައި.ޕީ.ސީ.ސީގެ ޗެއަރމަން ވިދާޅުވީ، "މި ރިޕޯޓުން ވަރަށް ސާފުކޮށް ދައްކުވައިދެނީ އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތައް އިތުރުވަމުންދާކަމެވެ.
Advertisement
18 އޮގަސްޓް 2024