އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު
ސަރުކާރުގެ "ކޫލް ސްކޫލް" މަޝްރޫޢަށް ޗައިނާ ސަރުކާރުން އޭސީ ހަދިޔާކޮށްފިއެވެ.
މިކަމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޗައިނާގެ ސަފީރު ވަންގް ލިޒިން މި އޭސީތައް ހަވާލުކުރީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢަށެވެ. މި އޭސީތައް ފުރަތަމަ ހަރުކުރާނީ ހުޅުމާލޭ ސީއެޗްއެސްއީ ސްކޫލުގައި ކަމަށް ތަޢުލީމީ ވުޒާރާއިން މަޢުލޫމާތު ދެއްވިއެވެ.
މި މަޝްރޫޢުގެ މަޤްޞަދަކީޤްޞަދަކީ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމެވެ. ތަޢުލީމީ ވުޒާރާއިން ހާމަކުރި ގޮތުގައި މި މަޝްރޫޢު ނިމުމުން ސްކޫލުތަކުގެ ކަރަންޓު ބިލަށް އިތުރަށް ހޭދަވާނީ 38% އެވެ. ނަމަވެސް، އޭގެ ތެރެއިން 30% އިޔާދަކުރަނިވި ހަކަތައިން އުފައްދާނެ ކަމަށް ވުޒާރާއިން ބުނެއެވެ.
"ކޫލް ސްކޫލް" މަޝްރޫޢުގެ އަމާޒަކީ 2026 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލެއްގައި އޭސީ ހަރުކުރުމެވެ. މި މަޝްރޫޢަށް ޗައިނާ ސަރުކާރުން ދެއްވި އެހީތެރިކަމަށް ތަޢުލީމީ ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.
މި މަޝްރޫޢުގެ ސަބަބުން ދަރިވަރުންނަށް ފިނިމައިތިރި މާޙައުލެއްގައި ކިޔެވުމުގެ ފުރުޞަތު ލިބި، ތަޢުލީމީ ފެންވަރު މަތިވެގެންދާނެ ކަމަށް ތަޢުލީމީ ވުޒާރާއިން އުންމީދު ކުރައްވައެވެ.
Advertisement
5 ނޮވެމްބަރ 2024